ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ވެރިކަން 100 އަހަރަށް ވުރެ މުސްކުޅި ވެފައިވާ ކަމަށް އެމަނިކުފާނުގެ ފުރަތަމަ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މި ވެރިކަމާއި މެދު މިހާރު މީހުންގެ ޝައުގުވެރިކަން ނެތް ކަމަށެވެ. ހުރިހާ އެންމެންނަށްވެސް ފެންނަނީ ވައްކަމާއި ހިޔާނާތް ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ އޮޑި ދަނގަޑަށްވެ ދަބަރު ފައިބަމުންދާ ކަމަށެވެ. އަދި އަރިހުގައި ތިބީވެސް ބާ ދަގަނޑުތަކެއް ފަދަ ބައެއް ކަމަށެވެ.
އެގޮތުން އެކުގައި ހުންނެވި ބޭބެވެސް ދުރަށް ވަޑައިގެންނެވި އިރު ރަނގަޅު އެކަކުވެސް ކައިރީގައި ނެތް ކަމަށެވެ.
https://twitter.com/MJameelAhmed/status/1040804779151249409
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް