ކާނަލް ނާޒިމް އާއި މުހްތާޒް އައިޖީއެމްއެޗަށް ގެންގޮސްފި

ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ދެ ބޭފުޅުން ކަމުގައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް އާއި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިން އައިޖީއެމް ހޮސްޕިޓަލަށް ގ...

15 Sep 2018 | 05:17

ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ދެ ބޭފުޅުން ކަމުގައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް އާއި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

އެ ދެބޭފުޅުން އައިޖީއެމް ހޮސްޕިޓަލުން ފެނުނު ދުވަހުގެ ނޫސްވެރިޔަކު ބުނީ ނާޒިމް އާއި މުހްތާޒް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި ގެންދިޔައީ ޑޮކްޓަރަށް ދައްކަން ކަމުގައި ބެލެވޭކަމަށެވެ. ނަމަވެސް އެ ދެބޭފުޅުން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ޑޮކްޓަރަށް ދައްކަން ކަމެއް ނުވަތަ ޓެސްޓެއް ހަދަންކަމެއް ކަށަވަރެއް ނޫނެވެ. މިކަމުގައި ރަސްމީ އެއްވެސް ބަހެއް ނުލިބެއެވެ.

ކާނަލް ނާޒިމާއި މުހްތާޒް މިއަދު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހު، ކުރީގެ ރައީސް މައުމޫން ޓެސްޓެއް ހެދުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް