ރާއްޖޭގައި ގޮނޑިކޮއްކޮ ސަރުކާރެއް އޮންނަން ދިވެހިން ބޭނުމެއް ނުވޭ: މަސީހް

ދިވެހިރާއްޖޭގައި ގޮނޑިކޮއްކޮ ސަރުކާރެއް އޮންނަން ދިވެހިން ބޭނުން ނުވާކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވިދާޅުވެއްޖެއެވެ. މަސީހް މިހެން ވިދާޅުވީ ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގަ...

15 Sep 2018 | 04:32

ދިވެހިރާއްޖޭގައި ގޮނޑިކޮއްކޮ ސަރުކާރެއް އޮންނަން ދިވެހިން ބޭނުން ނުވާކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވިދާޅުވެއްޖެއެވެ.

މަސީހް މިހެން ވިދާޅުވީ ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަސީހް ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގެ ވާހަކަ އިދިކޮޅުން ދައްކާތީ ކަންބޮޑުވެލައްވާކަމަށެވެ.

"އުތުރު އެމެރިކާގެ ގައުމެއްގައިވެސް އޮވޭ ބަރުލަމާނީ ނިޒާމު، އެ ގައުމުގެ ހެޑް އޮފް ސްޓޭޓަކަށް ހުންނަވަނީ ވިލާތު ބޭފުޅެއް" މަސީހް ވިދާޅުވިއެވެ.

މަސީހް ވިދާޅުވީ އީކުއޭޓަރގެ ތިރިންވެސް ދެ ގައުމެއްގައި ބަރުލަމާނީ ނިޒާމް އޮންނައިރު އެ ދެ ގައުމުގައިވެސް ހެޑް އޮފް ސްޓޭޓުންނަކީ ވިލާތު ބޭފުޅުން ކަމަށެވެ. އަދި އިދިކޮޅުން މަސައްކަތް ކުރަނީ ރާއްޖޭގެ ހެޑް އޮފް ސްޓޭޓްކަން ބޭރުގެ ބޭފުޅަށް ދޭން އުޅެނީބާއޭ ހިތަށް އަރާކަމުގައިވެސް މަސީހް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާ މަސީހު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަނަކަށް އެންމެ ރަނގަޅީ ރައީސް ޔާމީން ކަމަށާއި ފުވައްމުލަކުގެ ޒުވާނުންވެސް ރައީސް ޔާމީނަށް ވަރަށް ތައުރީފުކުރައްވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް