ފަރެސްމާތޮޑާ އެއާޕޯޓުގެ ބިން ހިއްކަން ފަށައިފި

ގދ. ފަރެސްމާތޮޑާގައި އަޅާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ. އެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީގެ ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓް މެނޭޖްމެންޓު ޑިވިޝަންގެ ޖެނެރަލް ...

15 Sep 2018 | 04:31

ގދ. ފަރެސްމާތޮޑާގައި އަޅާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީގެ ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓް މެނޭޖްމެންޓު ޑިވިޝަންގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހުޝާމް ވިދާޅުވީ އެ ރަށު އެއާޕޯޓުގެ ބިން ހިއްކަން ފެށީ އިއްޔެ ކަމަށެވެ. އޭނާ ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ފެށީ އެއާޕޯޓު އަޅާ ސަރަހައްދުގެ އިން ވަކިކޮށް ނިމުމުން ކަޓާ ޑްރެޖާ ފޮނުވައިގެން ކަމަށެވެ.

އޭނާ ވިދާޅުވީ ފަރެސްމާތޮޑާ އެއާޕޯޓު އަޅާ ސަރަހައްދު ހިއްކާ ނިމޭއިރު 19.8 ހެކްޓަރުގެ ބިން ހިއްކޭނެ ކަމަށެވެ. އަދި 888 މީޓަރުގެ ރިވެޓްމެންޓް ޖަހާނެ ކަމަށެވެ

މި މަސައްކަތް ކުރުމަށް އެމްޓީސީސީއާއި ހަވާލު ކޮށްފައިވަނީ 200 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ފަރެސްމާތޮޑާގެ އެއާޕޯޓުގެ މަސައްކަތުގެ އިތުރުން އިންތިހާބުގެ ކުރިން ހދ. ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް ނިންމުމަށް އެމްޓީސީސީން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ރަށު އެއާޕޯޓުގެ ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ.

އޭގެ އިތުރުން ށ. ފުނަދޫ އެއާޕޯޓުގެ ރަންވޭގައި ތާޜު އެޅުމުގެ ބޮޑު ބައި ވަނީ ނިމިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް