ރޭ މެންދަމު ވަގުތެއްގައި އަލިފާން ރޯވީ ފުލުހުންގެ ޓޯ ޔާޑުގައި ނޫން ކަމަށާއި އަލިފާން ރޯވީ މާލޭ ސިޓީގައި ހުރި ހައުސިން މިނިސްޓްރީގެ ލޭބަރ ކުއާޓަރެއްގައި ކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ އެ ހާދިސާގެ މަޢުލޫމާތު 03:08 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސްއަށް ލިބުމާއެކު ވަގުތުން ވަނީ ހަރަކާތްތެރިވާން ފަށާފައިވާނެކަމަށާއި މިގޮތުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އެ އިމާރާތުގައި ރޯވެފައިވާ އަލިފާން ނިއްވާލެވިފައި ވަނީ ފަތިހު 03:38 ހާއިރު ކަމަށެވެ.
"މިހާދިސާގައި އަލިފާން ރޯވެފައި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓޯ ޔާޑާ އިންވެގެން ހުރި ދެ ބުރިއަށް ހަދާފައިވާ ހައުސިންގ މިނިސްޓްރީގެ ލޭބަރ ކުއާޓާގައެވެ. މި އިމާރާތުގައި އަލިފާން ރޯވުމާއި ގުޅިގެން ޕޮލިސް ސަރވިސްގެ ޓޯ ޔާޑަށް ވެސް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ."އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ މި ހާދިސާގައި ހައުސިންގ މިނިސްޓްރީގެ ލޭބަރ ކުއާޓާއަށް ބޮޑެތި ގެލުންތަކެއް ލިބިފައިވާއިރު، ލޭބަރ ކުއާޓާގައި ނިދާފައިތިބި ހަތަރު ބިދޭސީއަކަށް އަނިޔާވެގެން މޯލްޑިވްސް ރެޑްކްރޮސެންޓުގެ އެހީގައި ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާއި މިހާދިސާ ހިނގަން މެދުވެރިވި ސަބަބު މޯލްޑިވްސް ޕޮލިސް ސާރވިސްއިން ދަނީ ތަހުގީގު ކުރަމުންކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް