ދިއްފުށީ ފަޅު އެހެން ބަޔަކަށް ނުދެވޭނެ: ހާމިދު ސޭޓު

ކ. ދިއްފުށި ފަޅު ޓޫރިޒަމްގެ ބޭނުމަށް އެހެން ބަޔަކަށް ކުއްޔަށް ނުދެވޭނެ ކަމަށް ހާމިދު އިސްމާއިލް (ހާމިދު ސޭޓު) ބުނެފި އެވެ. އޭނާ އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ފަޅަކީ 50 އަހަރަށް އޭނާއަށް ކ...

15 Sep 2018 | 03:55

ކ. ދިއްފުށި ފަޅު ޓޫރިޒަމްގެ ބޭނުމަށް އެހެން ބަޔަކަށް ކުއްޔަށް ނުދެވޭނެ ކަމަށް ހާމިދު އިސްމާއިލް (ހާމިދު ސޭޓު) ބުނެފި އެވެ.

އޭނާ އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ފަޅަކީ 50 އަހަރަށް އޭނާއަށް ކުއްޔަށް ދީފައިވާ ތަނެއް ކަމަށެވެ. އަދި އެކަމުގެ އެއްބަސްވުމުގެ ސައްހަ ލިޔެކިޔުންތައް އެބަ ހުރި ކަމަށް ބުނެފައިވެ އެވެ.

ހާމިދު ސޭޓު ބުނެފައިވަނީ މިއީ އެ ފަޅު ކުއްޔަށް ދޭން އިއުލާނު ކުރި ދެވަނަ ފަހަރު ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރުގެ ނޮވެމްބަރާއި މިމަހުގެ ތެރޭގައި އެ ފަޅު ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި އެވެ.

ހާބިދު ސޭޓު ބުނީ ފުރަތަމަ އިއުލާނާއި ގުޅިގެންވެސް އެކަން ހިނގަމުންދާގޮތް އޮޅުން ފިލުވުމަށް ދައުލަތުގެ ކަމާބެހޭ އެކި މުއައްސަސާތަކަށް ސިޓީ ފޮނުވި ކަމަށެވެ. އެކަމަކު އެއްވެސް ފަރާތަކުން ސިޓީގެ ޖަވާބު ދީފައި ނުވާ ކަމަށެވެ.

އެ ފަޅު ކުއްޔަށް ހިފުމަށްޓަކައި، ސަރުކާރާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާ އެޑްވާންސް ލީސް ރެންޓްވެސް ދައްކާފައިވާ ކަމަށެވެ. އެހެން ކަމުން އެތަން ބިޑަށް ލުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް