އަމީތާބު އަދި ޝާރުކް ފަދަ ތަރިންގެ ފުރަތަމަ އާމްދަނީ އިނގޭތަ؟

މިހާރު ބޮލީވުޑްގައި ފިޔަ ޖަހަމުން އަންނަ ގިނަ ތަރިންނަކީ އެމީހުންގެ ބޮލީވުޑް ކެރިއަރު ފެށޫމުގެ ކުރިން ތަފާތު ދާއިރާތަކުގައި މަސައްކަތް ކޮށްފައި އެވެ. މިހާރު އެންމެ މަަޝްހޫރު މީހުންގެ ތެރޭގައި ހިމެނޭ ތ...

15 Sep 2018 | 01:20

މިހާރު ބޮލީވުޑްގައި ފިޔަ ޖަހަމުން އަންނަ ގިނަ ތަރިންނަކީ އެމީހުންގެ ބޮލީވުޑް ކެރިއަރު ފެށޫމުގެ ކުރިން ތަފާތު ދާއިރާތަކުގައި މަސައްކަތް ކޮށްފައި އެވެ.

މިހާރު އެންމެ މަަޝްހޫރު މީހުންގެ ތެރޭގައި ހިމެނޭ ތަރިންގެ ތެރެއިން އެންމެ ތަފާތު ވަޒީފާއެއް އަދާކޮށް ކުޑަ އާމްދަނީއެއް ލިބުނު އެކަކީ އަކްޝޭ ކުމާރެވެ. އޭނާ ފުރަތަމަ ވަޒީފާ އަދާކޮށްފައިވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ރެސްޓޯރަންޓެއްގެ ވެއިޓަރެއްގެ ވަޒީފާ އެވެ.

އޭރު މުސާރއަކީ 1500 ރުޕީސް އެވެ. އެކަމަކު މިހާރު އޭނާގެ މިލްކިއްޔާތުގައި 65 މިލިއަން ޑޮލަރު އެބަހުއްޓެވެ. ފިލްމެއް ކުޅެދެނީ 40 އާއި 45 ކްރޯޑާއި ދެމެދުގެ އަގެއްގައި އެވެ.

އަމީތާބު ބައްޗަށް އެންމެ ފުރަތަމަ ވަޒީފާ އަދާކޮށްފައިވަނީ ޝިޕިން ފާމް އެއްގައި އެގްޒެކެޓިވް އެއްގެ މަގާމުގައި އެވެ. މަހަކު މުސާރައިގެ ގޮތުގައި ފުރަތަމަ ލިބުނީ 500 ރުޕީސް އެވެ.

މިހާރު އަމީތާބުގެ މިލްކިއަޔާތުގައި ހުރިވަރު ނޭނގޭއިރު ފިލްމެއް ކުޅެދެނީ ހަތަރަކާއި ފަސް ކްރޯޑާއި ދެމެދުގެ އަގެއްގައި އެވެ.

ޝާރުކް ހާން އެންމެ ފުރަތަމަ ފިލްމެއް ގެ ތަންކޮޅެއް ކުޅެދިނީ އެންމެ 50 ރުޕީސް އަށެ ވެ. މިއަދު އޭނާ ފިލްމެއް 40 އާއި 45 ހާހާއި ދެމެދުގެ އަގެއްގައި ކުޅެދެމުން ދާއިރު މިލްކިއްޔާތުގައި 600 މިލިއަން ޑޮލަރު އެބަހުއްޓެވެ.

ރިތިކް ރޯޝަން އެންމެ ފުރަތަމަ ފިލްމެއްގެ ގޮތުގައި ކުޅުނީ "އާޝާ" ކިޔާ ފިލްމެއްގައި ކުޑަކުއްޖެ ރޯލެވެ. އެ ރޯލު ކުޅެގެން ފުރަތަމަ އާމްދަނީގެ ގޮތުގައި އޭނާއަށް ލިބުނީ އެންމެ 100 ރުޕީސް އެވެ.

މިހާރު ރިތިކް ފިލްމެއް ކުޅެދެނީ 30 ކްރޯޑު ރުޕީސް އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް