މާލޭގައި ހުންނަ ޕޮލިސް ޓޯޔާޑްގައި އަލިފާން ރޯވެއްޖެއެވެ.
މީޑީއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މި ހާދިސާގެ ރިޕޯޓް ސިފައިންނަށް ލިބިފައިވަނީ މެންދަމު 03:06 ގައި ކަމަށާއި ރޯވި އަލިފާން ނިއްވުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވެފައިވާކަމަށެވެ. އަދި 04:00 ހާއިރު އަލިފާން އެއްކޮށް ކޮންޓްރޯލް ކުރެވިފައިވާކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.
ސިފައިން މީޑީއާތަކާއި ހިއްސާކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު ޓޯޔާޑްގައި ވަރަށް ބޮޑަށް އަލިފާން ހިފާފައިހުރި މަންޒަރު ފެނެއެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަން އަދި ނޭނގެއެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް