އެޗްއީއޯސީން ލިޔުން ދޭނީ ޕޮސިޓިވްވެގެން ކަރަންޓީނާއި އައިސޮލޭޓް ކުރާ މީހުންނަށް އެކަނި

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ލިޔުން ދޫކުރާނީ ކޯވިޑް-19 އަށް ޕޮސިޓިވްވެގެން ކަރަންޓީންކޮށް، އައިސޮލޭޓް ކުރާ މީހުންނަށް އެކަނި ކަމަށް އެ ސެންޓަރުން ބުނެފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއް...

15 Aug 2020 | 17:31

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ލިޔުން ދޫކުރާނީ ކޯވިޑް-19 އަށް ޕޮސިޓިވްވެގެން ކަރަންޓީންކޮށް، އައިސޮލޭޓް ކުރާ މީހުންނަށް އެކަނި ކަމަށް އެ ސެންޓަރުން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާރަކަށް އައިސް ރޯގާ އާއި ހުން އަންނަ މުވައްޒަފުން ވަޒީފާއަށް ނުކުތުމަށް އުޒުރުވެރިވުމުން އެޗްޕީއޭގެ ލިޔުން ހުށަހަޅަން އޮފީސްތަކުން އަންގަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ބަލީގެ އަލާމާތްތައް ފެންނަ ނަމަ އޮފީހަށް ހާޒިރު ނުވިނަމަވެސް އެކަން ބަޔާންކޮށް އެޗްއީއޯސީން ލިޔުން ދޫނުކުރާނެ ކަމަށެވެ.

އެގެ ބަދަލުގައި އެފަދަ ހާލަތްތަކުގައި ހޯދަން ޖެހޭނީ ހޮސްޕިޓަލް ނުވަތަ ކްލިކް ތަކުން ދޫކުރާ ލިޔުން ކަމަށް ވިދާޅުވި އެވެ.

ޑރ. އަފްޒަލް ވިދާޅުވީ އެޗްއީއޯސީން ލިޔުން ދޫކުރާނީ ކޯވިޑް-19 އަށް ޕޮސިޓިވް ވެގެން ކަރަންޓީން ނުވަތަ އައިސޮލޭޓް ކުރާ މީހުންނަށް ކަމަށެވެ.

އެފަދަ ފަރާތްތަކަށް އެއްވެސް ތާކަށް ނުދެވޭނެ ކަން އަންގައިދިނުމަށް އޮޮފީސްތަކާއި އެނޫންވެސް ބޭނުންތަކަށް ބޭނުންވާ ރަސްމީ ލިޔުންތައް ހަމަޖައްސައިދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް