ފަސް ހޮސްޕިޓަލަކުން ކޯވިޑަށް ޓެސްޓު ކުރެވޭނެ، އެންމެ އަގު ހެވީ އޭޑީކޭ ހޮސްޕިޓަލްގައި

ރާއްޖެއިން ބޭރަށް ފުރާ މީހުން ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް ފަސް ހޮސްޕިޓަލެއް ކަނޑައަޅައި އެ ހޮސްޕިޓަލުތަކުން ޓެސްޓުކޮށްދޭ އަގުތައް ހާމަކޮށްފި އެވެ. ކޯވިޑް-19 އާއި ގުޅިގެން ގައުމުތަކުގައި އަޅާފައިވާ ...

15 Aug 2020 | 06:52

ރާއްޖެއިން ބޭރަށް ފުރާ މީހުން ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް ފަސް ހޮސްޕިޓަލެއް ކަނޑައަޅައި އެ ހޮސްޕިޓަލުތަކުން ޓެސްޓުކޮށްދޭ އަގުތައް ހާމަކޮށްފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން ގައުމުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން ބައެއް ގައުމުތަކުން އެތެރެވާ މީހުންއަތުގައި 48 އިރު ހަމަނުވާ ކޯވިޑް-19 ގެ ޓެސްޓެއްގެ ނަތީޖާ އޮންނަން ޖެހެ އެވެ.

އެޗްޕީއޭއިން ބުނީ އުތުރާއި ދެކުނުގެ އިތުރުން މާލެއިން ކޯވިޑް-19 އަށް ޓެސްޓު ކުރެވޭ ހޮސްޕިޓަލްތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލްތަކުން ކޯވިޑަށް ޓެސްޓު ކޮށްދޭ އަގުތައް ވަނީ އާންމު ކޮށްފައި އެވެ.

ކޯވިޑަށް ޓެސްޓުކޮށްދޭ ހޮސްޕިޓަލްތަކަކީ

މާލެއިން:

އައިޖީއެމްއެޗު: 1،534 ރުފިޔާ

އޭޑިކޭ ހޮސްޕިޓަލް: 1،500 ރުފިޔާ

ޓްރީ ޓޮޕް ހޮސްޕިޓަލް: 2،000 ރުފިޔާ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: 1،534 ރުފިޔާ

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް: 1،534 ރުފިޔާ

އެޗްޕީއޭއިން ބުނީ ރާއްޖެއިން ބޭރަށް ފުރާ ފަރާތްތަކުން ކޯވިޑް ޓެސްޓު ނަތީޖާ ގަޑިއަށް ހޯދުމަށް ފްލައިޓު އޮންނަ ގަޑީގެ 48 ގަޑިއިރު ކުރިޔަށް ޓެސްޓު ހަދަން ދާންވާނެ ކަމަށެވެ. އަދި ޓެސްޓު ހަދަން ދާއިރު ޓިކެޓާއި އެނޫންވެސް ރާއްޖެއިން ބޭރަށް ފުރާއިރު ބޭނުން ކުރާ މައުލޫމާތު ޓެސްޓު ކުރަން ދާ ހޮސްޕިޓަލެއްގެ ލެބޯޓަރީއަށް ފޯރުކޮށްދޭން ވާނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް