ބޮލުގައި އަނެއްކާވެސް ޓިއުމަރެއް އުފެދި ހަދީޖާ އޮޕަރޭޝަން ކުރަން ޖެހިފައި، އެދެނީ ދީލަތި އެހީއަށް!

ހދ. ނޮޅިވަރަމްފަރަށް އުފަން އުމުރުން57 އަހަރުގެ ހަދީޖާ ހަސަން އަކީ ވަރަށް ހިތްހަމަ ޖެހިގެން ރަށުގައި ދިރިއުޅެމުން އައި މީހެކެވެ. 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު މާލެ އައީ އެންމެ ދޮށީ ދަރ...

14 Aug 2020 | 19:36

ހދ. ނޮޅިވަރަމްފަރަށް އުފަން އުމުރުން57 އަހަރުގެ ހަދީޖާ ހަސަން އަކީ ވަރަށް ހިތްހަމަ ޖެހިގެން ރަށުގައި ދިރިއުޅެމުން އައި މީހެކެވެ.

2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު މާލެ އައީ އެންމެ ދޮށީ ދަރިފުޅު ނަސީރާ ޖައުފަރު އުމްރާއަށް ފުރުވާށެވެ، އެކަމަކު މާލެ އައި ދަތުރު މަތީގައި މާބޮޑަށް ބޮލުގައި ރިއްސާތީ އޭގެ ދެ ދުވަސް ފަހުން އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމުން ލިބުނީ ވަރަށް ހިތާމަވެރި ހަބަރެކެވެ.

ހަދީޖާގެ ބޮލުގައި ޓިއުމަރެއް އުފެދިފައިވާކަން އެނގި ވަގުތުން އޮަޕަރޭޝަން ނުކޮށްފި ނަމަ ފުރާނައަށް ގެއްލުންވާނެ ކަމަށް ޑޮކްޓަރު ލަފާ ދެއްވި އެވެ. އެހެންވެ ހަމަ އެ މަހުގެ ތެރޭގައި އޭޑީކޭ ހޮސްޕިޓަލުން ވަނީ އޮޕަރޭޝަން ކޮށް އެ ޓިއުމަރު ނަގާފައި އެވެ.

ހަދީޖާގެ ދަރިފުޅުނު ނަސީރާ "ދުވަސް" އަށް މައުލޫމާތު ދެމުން ބުނީ އޭގޭ ފަހުން މިދިޔަ އޭޕްރިލް މަހާއި ހަމައަށް ޑޮކްޓަރަށް ދައްކަން މާލެ އަންނަމުން ދިޔައީ ކޮންމެ ހަ މަހަކުން ކަމަށެވެ. އެކަމަކު މިއަހަރުގެ އޭޕްރިލް މަހުގެ ކުރީކޮޅު މާލެ ޑޮކްޓަރަށް ދައްކަން އައިސް ނުދެއްކުނު ކަމަށާއި އެހެންވެ އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު އެދުނީ މިހާރުގެ ހާލަތު ބެލުމަށް އެމްއާރުއައިއެއް ހެދުމަށް ކަމަށެވެ.

ކޯވިޑާއި ގުޅިގެން ހޮސްޕިޓަލްތަކުގައި އެޅި ފިޔަވަޅުތަކަށް ލުއި ދިނުމުން އެމްއާރުއައި ހެއްދުމަށް ފަހު ޑޮކްޓަރަށް ދެއްކުނީ މިމަހުގެ އަށް ވަނަ ދުވަހު ކަމަށް ނަސީރާ ބުންޏެވެ. އެދުވަހު އަނެއްކާވެސް ލިބުނީ ހިތާމަވެރި ގަބޫލް ކުރަން ދަތިވި ހިތްދަތި ހަބަރެއް ކަމަށް އޭނާ ބުންޏެވެ.

ނަސީރާ ބުނީ އަނެއްކާވެސް މަންމަގެ ބޮލުގައި ޓިއުމަރެއް އުފެދިފައިވާ ކަމާއި އެ ޓިއުމަރު އުފެދިފައިވަނީ ބޮލުގެ ވަރަށް އެތެރޭގައި ކަމުން ވީހާވެސް އަވަހަށް އޮޕަރޭޝަން ކުރަން ޖެހޭ ކަމަށް ޑޮކްޓަރު ލަފާދެއްވި ކަމަށެވެ.

މިފަހަރުގެ އޮަޕަރޭޝަނަށް ހަރަދުވާ ވަރުގެ ތަފްސީލް އަދި ހޮސްޕިޓަލުން އާއިލާ އާއި ހިއްސާއެއް ނުކުރެ އެވެ. ހަދީޖާގެ ބޮލުގައި އުފެދުނު ފުރަތަމަ ޓިއުމަރު ނެގުމަަށް ހޮސްޕިޓަލުގެ ހުރިހާ ކަންކަމަށް އާއިލާއިން 175،000 ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ނަސީރާ ބުނީ އޭނާގެ މަންމަގެ ބޮލުގައި އުފެދިފައިވާ ޓިއުމަރު ނެގުން ލަސްވާވަރަށް އޭގެ އަސަރު ހަށިގަނޑުގެ އެކި ގުނަވަންތަކަށް ކުރަމުންދާ ކަމަށެވެ. އެގޮތުން ފުރަތަމަ ޓިއުމަރު އުފެދިފައިވާކަން ނޭނގި އެ ޓިއުމަރު ނެގުން ލަސްވުމުން ވައަތު ފައިގެ ވާގި ނެތިފައިވާ ކަމަށެވެ. އަދި މިފަހަރުވެސް ޑޮކްޓަރު ދީފައިވާ މައުލޫމާތަކަށް ބަލާއިރު އޮޮޕަރޭޝަން ކުރުން ލަސްވާނަމަ މަންމަގެ ކޮންމެސް ގުނަވަނަކަށް އުނިކަން އަންނާނެ ކަމަށް ނަސީރާ ބުންޏެވެ.

ނަސީރާ އާއި އެކު ހަދީޖާގެ ހަތް ދަރިންނާއި ފިރިއަކު އެބަ ހުއްޓެވެ. އާއިލާގެ މިވަގުތު އެންމެ ބޮޑު ކަންބޮޑުވުން ގުޅިފައިވަނީ ހަދީޖާގެ އޮޕަރޭޝަނާއި އެކަމަށް ދާނެ ހަރަދާއި އެވެ.

އާއިލާއިން އެދެނީ ހަދީޖާގެ އޮޕަރޭޝަން ވީހާވެސް އަވަހަކަށް ކުރުމަށް ބޭނުންވާ ފައިސާ ހަމަ ކުރުމަށް އާންމުންގެ ދީލަތި އެހީތެރިކަން ދިނުމަށެވެ.

އެހީ ދިނުމަށް:

ނަސީރާ ޖައުފަރު (9772227)

އެކައުންޓް: 7706347432101

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް