ކޭ.ޒެޑް.ޖޭ ކަޕް 2019 ގެ ޗެމްޕިއަންކަން ކްލަބް ބްރޯކަރސް ހޯދައިފި

ވ. ކެޔޮދޫގެ ކެޔޮދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން ބާއްވާ ކޭ.ޒެޑް.ޖޭ ކަޕް 2019 ގެ ޗެމްޕިއަންކަން ކްލަބް ބްރޯކަރސް ހޯދައިފިއެވެ. ފައިނަލް މެޗްގައި ކްލަބް ބްރޯކާސް ވާދަކުރީ އެފް.ސީ މެގަ ކަޅ...

15 Aug 2019 | 10:46

ވ. ކެޔޮދޫގެ ކެޔޮދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން ބާއްވާ ކޭ.ޒެޑް.ޖޭ ކަޕް 2019 ގެ ޗެމްޕިއަންކަން ކްލަބް ބްރޯކަރސް ހޯދައިފިއެވެ.

ފައިނަލް މެޗްގައި ކްލަބް ބްރޯކާސް ވާދަކުރީ އެފް.ސީ މެގަ ކަޅު އާ އެވެ. މި މެޗް ކްލަބް ބްރޯކާސް ކާމިޔާބުކުރީ 2-1 އިންނެވެ. ސަޕޯޓަރުންގެ ފޯރިގަދަ ތަރުހީބާއެކު ކުރިއަށްދިޔަ މި މެޗްގައި ކްލަބް ބްރޯކަރސް އިން ޖެހި ދެ ލަނޑުވެސް ކާމިޔާބުކުރީ އެ ޓީމްގެ ޖަރޒީ ނަންބަރު 3 ޢަލީ ނަވާޒް އެވެ. އެފް.ސީ މެގަ ކަޅުގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ އެޓީމްގެ ޖަރޒީ ނަންބަރު 4 މުޙައްމަދު ތަސްނީމެވެ

.

ފައިނަލް މެޗް ނިމުމުން ވަނަވަނައަށް އައި ކުޅުންތެރިންނާއި ޓީމްތަކަށް އިނާމާއި މެޑެލް ދިނުން އޮތެވެ. ފައިނަލް މެޗް ޝަރަފުވެރިކޮށްދެއްވީ، މި މުބާރާތާއި އަދި ކެޔޮދޫ ޒުވާނުންގެ ޖަމްޢިއްޔާއަށް ނުހަނު ގިނަ އެހީތެރިކަމާއި މަޝްވަރާ އަބަދުވެސް ދެއްވާ ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް ޙުސައިން ޤާސިމެވެ.

މުބާރާތުގެ އެންމެ ޒުވާން ކުޅުންތެރިޔާގެ ގޮތުގައި ހޮވުނީ އެފް.ސީ މެގަ ކަޅުގެ ޖަރޒީ ނަންބަރު 13 މުޙައްމަދު މިންހާޖް އާދަމްއެވެ. އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއަކަށް އެފް.ސީ މެގަ ކަޅުގެ ޖަރޒީ ނަންބަރު 10 ލިތޯފް އަޙްމަދު ފިރާޤް ހޮވުނުއިރު މުބަރާތުގެ ފެއަރޕްލޭ ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ކްލަބް ބްރޯކާސްގެ ޖަރޒީ ނަންބަރު 22 އަޙްމަދު ނަސީމެވެ. ފެއަރޕްލޭ ޓީމަކަށް ހޮވުނީ މުބަރާތުގެ ޗެމްޕިއަންކަންވެސް ހޯދި ކްލަބް ބްރޯކަރސްއެވެ. މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ގޮތުގައި ހޮވުނީ؛ މޫސާ ޢަބްދުއްރަޙްމާން (ކްލަބް ބްރޯކަރސްގެ ޖަރޒީ ނަންބަރު 1)، ޢަލީ ނަވާޒް (ކްލަބް ބްރޯކަރސް ގެ ޖަރޒީ ނަންބަރު 3)، ޙުސައިން ޖިނާޙް (އެންޖީ ސްޕޯރޓްސްގެ ޖަރޒީ ނަންބަރު 11)، މުޙައްމަދު ތަސްނީމް (އެފް.ސީ މެގަ ކަޅުގެ ޖަރޒީ ނަންބަރު 4) އަދި ޢަލީ ނަވާޒް (އެފް.ސީ މެގަ ކަޅުގެ ޖަރޒީ ނަންބަރު 3) މިއެވެ.

މި މުބާރާތުގެ މީޑިއާ ޕާރޓްނަރަކީ 'ދުވަސް' އޮންލައިނެވެ. ޗެމްޕިއަން ޓީމަށް 20,000 ރުފިޔާ ގެ ފައިސާގެ އިނާމް ހުށަހެޅުނު މި އަހަރުގެ މުބާރާތަށް ގިނަ ފަރާތްތަކުންވަނީ ސްޕޮންސަރ ކޮށްފައެވެ. މިގޮތުން މުބާރާތުގެ ސްޕޮންސަރުންގެ ގޮތުގައި ހަމަޖެހުނީ؛ އެލް.އޭ ރިޒޯޓްސް، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ)، މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމް.ޑަބްލިއު.އެސް.ސީ)، ހުޅުމާލެ ސޯމިލްސް، އޭބީސީ ކޮންސްޓްރަކްޝަން، ވައިޓް މާކަނާ ލޮޖް (ކެޔޮދޫ)، ޖުޕިޓަރ ސަންރައިސް ލޮޖް (ކެޔޮދޫ)، ދިލްޝާދު މާރޓް (ކެޔޮދޫ)، ތިން ފައްދަނޑި ކެފޭ (ކެޔޮދޫ) އެވެ.

މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ‘ދުވަސް’ އޮންލައިން މެދުވެރިކޮށް ކިޔުންތެރިންނަށް ވާނީ ގެނެސްދީފައެވެ. އަދި ކެޔޮދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖަށްވެސް މުބާރާތުގެ ފޮޓޯއާއި މައުލޫމާތު ވަނީ އަޕްލޯޑްކުރެވިފައެވެ. މުބާރަތަށް އެކިގޮތްގޮތުން އެހީތެރިވި ހުރިހާ ފަރާތްތަކަށް، ވަކީން ޚާއްޞަކޮށް މުބާރާތް ސްޕޮންސަރ ކޮށްދެއްވި ހުރިހާ ސްޕޮންސަރުންނާއި މީޑިއާ ޕާރޓްނަރ އަށް ކެޔޮދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ފަރާތުން ޝުކުރުދަންނަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް