ސައިކަލެއްގައި ދަނިކޮށް ފެން ޖެހުމުން އަންހެނަކާއި ކުޑަކުއްޖަކު ވެއްޓި އަނިޔާވެއްޖެ

ސައިކަލެއްގައި ދިޔަ އަންހެނެއްގެ ގަޔަށް ބަޔަކު ފެން ޖެހުމުން ސިއްސައިގެން ގޮސް ވެއްޓި އެ އަންހެން މީހާ އަށާއި އެ ސައިކަލުގެ ފަހަތުގައި އިން އަންހެން ކުއްޖަކަށް އަނިޔާވެއްޖެއެވެ. މީޑިއާތަކަށް މައުލޫމާތ...

15 Aug 2019 | 07:01

ސައިކަލެއްގައި ދިޔަ އަންހެނެއްގެ ގަޔަށް ބަޔަކު ފެން ޖެހުމުން ސިއްސައިގެން ގޮސް ވެއްޓި އެ އަންހެން މީހާ އަށާއި އެ ސައިކަލުގެ ފަހަތުގައި އިން އަންހެން ކުއްޖަކަށް އަނިޔާވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ ރ. މަޑުއްވަރީ ގައި ސައިޖަލެއްގައި ދިޔަ 21 އަހަރުގެ އަންހެނެއްގެ ގަޔަށް ޕިކަޕެއްގައި ދިޔަ ބަޔަކު ފެން ޖެހުމުން ސިއްސައިގެން ގޮސް ސައިކަލުން ވެއްޓި އެ ސައިކަލު ދުއްވަން އިން އަންހެން މީހާއަށާއި ސައިކަލުގެ ފަހަތުގައި އިން ހަތް އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެފައިވާކަމުގެ މައުލޫމާތު 2019 އޯގަސްޓް 14 ވަނަ ދުވަހުގެ 15:33ހާއިރު ލިބިފައިވާކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އަންހެން މީހާއަށާއި ކުޑަ ކުއްޖާއަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށށާއި ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް