މާޕްގެ ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް 230 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވައިފި

ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް 2019 އޮގަސްޓް 3 ވަނަ ދުވަހު މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން ކާމިޔާބު ކަމާއިއެކު ބ...

15 Aug 2019 | 06:35

ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް 2019 އޮގަސްޓް 3 ވަނަ ދުވަހު މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން ކާމިޔާބު ކަމާއިއެކު ބާއްވައިފިއެވެ.

އެއްދުވަހުގެ މުއްދަތަށް ބޭއްވި މިކޮންފަރެންސްގައި 230 އަށްވުރެގިނަ ބައިވެރިންނާއެކު  ބާއްވާފައިވަނީ ނެޝަނަލް ޔުނިވަސިޓީގެ ބިޒްނަސް ސްކޫލްގެ އޮޑިޓޯރިއަމްގައެވެ.

ތީމް ގެ ދަށުން މި ކޮންފަރެންސްގައި ސްމާޓް އެންޑް ކޮރިއޭޓިވް ލާނިންގ އެންޑް  “ building an Agile Culture”

ޑިވެލޮޕްމަންޓް ސްޓްރެޓެޖީސް ތަކާއި ޓެކްނީކްސްތައް ، ގްލޯބަލް ބެސްޓް ޕްރެކްޓިސަސް އިން ޓްރެއިނިންގ، ސަޕޯޓިންގ އަ ކަލްޗަރ އޮފް ލާނިންގ،  އަދި ވަޒީފާގެ މާހައުލުގައި ދިމާވާ ލާނިންގ އެންޑް ޑިވެލޮޕްމަންޓް ގޮންޖެހުންތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މައުލޫމާތު ހިއްސާކުރެވިފައިވެއެވެ.

މި ކޮންފަރެންސްގެ ސްޕީކާސްގެ ގޮތުގައި އިންޓަނޭޝަނަލް ސްޕީކާސް ކަމުގައިވާ ލީޑަޝިޕް ސްޕީކަރ ، އޯތަރ އަދި ހައި ޕާފޯމަންސް ސްޓްރެޓެޖިސްޓެއް ކަމުގައިވާ ކެންނެތު ކުއާން، އެޗްއާރ ސަމިޓް ގްލޯބަލްގެ ފައުންޑަރ އަދި އިންޓަނޭޝަނަލް ބެސްޓް ސެލިންގ އޯތަރ އަދި ސްޕީކަރ ޝާ ނަޗީނޯ ގެ އިތުރުން އެއިޓްކެން ސްޕެންސް ހޮޓެލްސްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ – ޓެލެންޓް މެނޭޖްމަންޓް އެންޑް ކޮލިޓީ އެޝުއަރެންސް، ތަރާކާ އަޕުހަމީ ހިމެނެއެވެ. ހަމަ މިއާއިއެކު ސީއައިޕީޑީގެ ލީޑް އެންގޭޖްމަންޓް ކޮންސަލްޓެންޓް ފޯރ އޭޝިއާ، އެމާ ޖެކްގެ އިތުރުން ރާއްޖެއާއި ރާއްޖޭންބޭރުގެ ފާހަގަކޮށްލެވޭ އިތުރު 12 ފަރާތަކުން ވަނީ ވާހަކަ ދައްކަވާފައެވެ.

މި ކޮންފަރެނަސް އާއި ބެހެގޮތުން ވާހަކަ ދައްކަވަމުން މާޕްގެ ރައީސް އަދި ލަކްސް ރިސޯޓްގެ ރީޖަނަލް ޑައިރެކްޓަރ ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް ހުސައިން އަފީފް ވިދާޅުވީ މި ކޮންފަރެންސްއަށް  ވަރަށް ފުރިހަމަ ތަރުހީބެއް ލިބިގެންގޮސްފައިވާ ކަމަށާއި މީގެ ސަބަބުން ގައުމުގެ އެޗްއާރ ދާއިރާ ތަރައްޤީކޮށް ތަފާތު ހަރަކާތްތައް ބޭއްވުމަށް މާޕްއިން އިތުރަށް މަސައްކަތްތައް ކުރަމުން ގެންދާނެކަމުގައެވެ.

މާޕް އަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާއެކެވެ. ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ އެޗްއާރ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިވެ އެފަރާތްތަކަށް ބޭނުންވާ ފަހުގެ ރިސޯސްތައް ހޯދުމަށް އެހީތެރިވެދިނުމާއި ދާއިރާއާއިގުޅޭ ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހި ކުރެވި މައުލޫމާތި ބަދަލުކުރެވޭނެ މަގުތައް ފަހިކޮށްދިނުމެވެ. އެގޮތުން ޖަމިއްޔާ އުފެދުނުތާ އެއް އަހަރު ވެފައިވާ އިރު، ދާއިރާއާއި ގުޅުންހުރި ތަފާތު ގިނަ ކާމިޔާބު ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ. މާޕްއިން ދަނީ އަހަރުގެ އެކި ހިސާބުތަކަށް ރާވައިގެން ނޮލެޖްޝެއަރ ސެޝަންތަކެއް ބާއްވަމުންނެވެ. އެގޮތުން ޖަމިއްޔާއިން މިދިޔައަހަރު ބޭއްވި ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަސްޓަމަރ އެކްސްޕީރިއަންސް ކޮންސަލްޓަންޓް، ރޮން ކޮފްމަން ލައިވް އިން މޯލްޑިވްސްގެ އިތުރުން  މާޗް މަހު ދަރުބާރުގޭގައި ބޭއްވި އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ ގައި 400 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ. މި ކޮންވެންޝަން އަކީ މިގޮތަށް ރާއްޖޭގައި މިހާ ފުރިހަމަކޮށް ބޭއްވިގެން ދިޔަ ހަމައެކަނި ކޮންވެންޝަންކަން ފާހަގަ ކޮށްލެވެއެވެ.

2019 ވަނަ އަހަރަށް ތަފާތު ގިނަ އާ ހަރަކާތްތަކެއް ބޭއްވުމަށްވެސް ވަނީ ރޭވިފައެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައ ނޮލެޖް އަދި ބެސްޓް ޕްރެކްޓިސް ޝެއަރ ސެޝަންތަކުގެ އިތުރުން އެޗްއާރ އޮގަނައިޒޭޝަނަލް ލެވެލް ކުއިޒް، އެޗް އާރ ކޮންވެންޝަން އެންޑް ޑިބޭޓް ސެޝަންތަކާއި ދުނިޔޭގެ މަޝްހޫރު ސްޕީކާސްގެ އިންސްޕިރޭޝަނަލް ޓޯކް ސެޝްންތައް ހިމެނިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް