ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ޝުޖާއު އުސްމާން

ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް އެ ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނު މިއަދު ހަމަޖައްސައިފި އެވެ. ޝުޖާއު އުސްމާން ހައި ކޯޓުގެ ފަނޑިޔާރުކަމަށް ހަމަޖައްސަން ނިންމީ މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސް...

15 Aug 2018 | 13:47

ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް އެ ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނު މިއަދު ހަމަޖައްސައިފި އެވެ.

ޝުޖާއު އުސްމާން ހައި ކޯޓުގެ ފަނޑިޔާރުކަމަށް ހަމަޖައްސަން ނިންމީ މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ކަމުގައި އެ ކޮމިޝަނުން ހާމަކުރެއެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމަށް މިއަދު ޝުޖާއު އައްޔަންކޮށްފައިވާއިރު ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގައި ކުރިން ހުންނެވީ ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. ފަނޑިޔާރު އަބްދުﷲ ދީދީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ވަނީ އައްޔަންކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް