ހަނިމާދޫ ފަޅުގައި އަޅާފަ އޮތް ލޯންޗެއް އަޑިޔަށްދާތީ އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެ

ހދ. ހަނިމާދޫ އެއަރޕޯރޓް ޖެޓީ ސަރަހައްދުގައި އަޅާފަ އޮތް ލޯންޗެއް ދިޔަވެ އަޑިއަށްގޮސްގެން އެމްއެންޑީއެފް ނޮދަން އޭރިއާ ހަނިމާދޫ ޕޯސްޓްގެ ސިފައިން ހަރަކާތްތެރިވެއްޖެއެވެ. މިއަދު މެންދުރު 13:51 ހާއިރު ހި...

15 Aug 2018 | 10:58

ހދ. ހަނިމާދޫ އެއަރޕޯރޓް ޖެޓީ ސަރަހައްދުގައި އަޅާފަ އޮތް ލޯންޗެއް ދިޔަވެ އަޑިއަށްގޮސްގެން އެމްއެންޑީއެފް ނޮދަން އޭރިއާ ހަނިމާދޫ ޕޯސްޓްގެ ސިފައިން ހަރަކާތްތެރިވެއްޖެއެވެ.

މިއަދު މެންދުރު 13:51 ހާއިރު ހިނގި މި ހާދިސާގައި ޖެޓީ ކައިރިއަށް އަޑިއަށްގޮސްފައިވަނީ ހދ.ކުޅުދުއްފުށި "ކިރުނަ" ނަމަކަށް ކިޔާ ލޯންޗެއްކަމަށް އެމް.އެން.ޑީ.އެފުން ބުނެއެވެ. މި ލޯންޗް ފަޅުތެރޭގައި އަޅާފައި އޮތް އިރު ލޯންޗުގައި އެއްވެސް މީހަކު ނެތްކަމަށް އެމް.އެން.ޑީ.އެފުން މައުލޫމާތު ދެއެވެ. މި ހާދިސާގެ ރިޕޯރޓް ލިބުމާއި އެކު އެމްއެންޑީއެފް ނޮދަން އޭރިއާ ހަނިމާދޫ ޕޯސްޓްގެ ސިފައިން ވަނީ މި ލޯންޗް ފެންމަތިކުރުމުގެ މަސައްކަތްފަށާފައެވެ. ސިފައިން ކުރި މަސައްކަތުން މި ލޯންޗް ފެންމަތިކުރެވިފައިވަނީ މިއަދު މެންދުރު 14:30 ހާއިރުއެވެ. މި މަސައްކަތުގައި ހދ. ހަނިމާދޫ އެއަރޕޯރޓްގެ އެހީތެރިކަން އެމްއެންޑީއެފް ނޮދަން އޭރިއާ ހަނިމާދޫ ޕޯސްޓްގެ ސިފައިންނަށް ވަނީ ލިބިފައެވެ.

މި ލޯންޗް ޖެޓީކައިރިއަށް އަޑިއަށް ގޮސްފައިވަނީ ފަޅުތެރޭގައި އަޅާފައިވަނިކޮށް ކަނޑުގަދަވެ ދިޔަވުމުގެ ސަބަބުންކަމަށް އެމް.އެން.ޑީ.އެފުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް