ކައިވެނި ހަފްލާތަކަށް ބްރިޖް ޒީނަތްތެރިކުރާނެ ބަޔަކު ހޯދަނީ

ސިނަމާލެ ބްރިޖްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކައިވެނި ހަފްލާތަކުގެ ވެޑިންގ ބެކްޑްރޮޕް އާއި އެއާ ގުޅިގެން ކުރަންޖެހޭ އެންމެހާ ޑެކޮރޭޝަންތައް ހަދައިދޭނެ ފަރާތެއް ހޯދުމަށް ހައުސިންގ މިނިސްޓްރީން އިއުލާނ...

15 Aug 2018 | 10:40

ސިނަމާލެ ބްރިޖްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކައިވެނި ހަފްލާތަކުގެ ވެޑިންގ ބެކްޑްރޮޕް އާއި އެއާ ގުޅިގެން ކުރަންޖެހޭ އެންމެހާ ޑެކޮރޭޝަންތައް ހަދައިދޭނެ ފަރާތެއް ހޯދުމަށް ހައުސިންގ މިނިސްޓްރީން އިއުލާންކޮށްފިއެވެ. މިކަމާގުޅިގެން އެ މިނިސްޓްރީން ކޮށްފައިވާ އިއުލާންގައި ބުނަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އޮގަސްޓް 19 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީއަށް އަގު ހުށަހެޅުމަށެވެ.

މިކަމަށްޓަކައި ބޭއްވޭ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ އޯގަސްޓް 16 ވާ ބުރާސްފަތި ދުވަހުގެ 2:00 ގައި ހައުސިންގ މިނިސްޓްރީގައި ކަމަށް އިއުލާންގައި ބުނެއެވެ. މިއިއުލާނާ ގުޅިގެން އެއްވެސް ސުވާލެއް އުފެދޭނަމަ އެސުވާލުތައް އޯގަސްޓް 18 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގެ ކުރިން އީމެއިލްކުރުމަށް މިއިއުލާންގައި ބުނެފައިވެއެވެ.

ސިނަމާލެ ބްރިޖްގައި ކައިވެނިކުރާ ފަރާތްތަކަށް ބެކްޑްރޮޕް ހަދައިދީ، ފޮޓޯގްރަފީއާއި ކޭޓަރިންގގެ ޚިދުމަތް ސަރުކާރުން ފޯރުކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް