ވައިއާރުވައި އާއި އެމްޑީޕީގެ ޔޫތް ވިންގު ޢިލްމީ ބަހުސަކަށް

ވައި ރައީސް ޔާމީން (ވައި.އާރު.ވައި) އާއި އެމްޑީޕީ ޔޫތް ވިންގު އިލްމީ ބަހުސަކަށް ދިޔުމަށް އެއްބަސްވެއްޖެއެވެ. ޢިލްމީ ބަހުސަކަށް ދިޔުމަށް މި ދެ ފަރާތުން އެއްބަސް ވުމަކާ ހަަަމައަށް މިއައީ ވައި.އާރު.ވައި ...

15 Aug 2018 | 10:07

ވައި ރައީސް ޔާމީން (ވައި.އާރު.ވައި) އާއި އެމްޑީޕީ ޔޫތް ވިންގު އިލްމީ ބަހުސަކަށް ދިޔުމަށް އެއްބަސްވެއްޖެއެވެ. ޢިލްމީ ބަހުސަކަށް ދިޔުމަށް މި ދެ ފަރާތުން އެއްބަސް ވުމަކާ ހަަަމައަށް މިއައީ ވައި.އާރު.ވައި އިން އެމްޑީޕީގެ ޔޫތް ވިންގަށް ޢިލްމީ ބަހުސަކަށް ޗެލެންޖް ކޮށްފައިވަނިކޮށެވެ.

ޓްވީޓާ ގައި މިދުއަމް ސައުދާއި އެމް.ޑީ.ފީ ޔޫތު ވިންގުގެ ރައީސް މީކާއިލް ނަސީމާއި ދެމެދު ބަދަލު ކުރެވުނު ވާހަކަ ތަކުގައި މިދުއަމް ވަނީ އެމް.ޑީ.ޕީ ޔޫތު ވިންގާއި އިލްމީ ބަހުސެއް ކުރަން ތައްޔާރަށް ހުރިކަމަ ވިދާޅުވެ މީކާއިލް ތައްޔާރުތޯ ސުވާލު ކޮށްފައެވެ. މިދުޢަމް ސަޢުދު އެމްޑީޕީގެ ޔޫތް ވިންގަށް ބަހުސަކަށް ދައުވަތު ދީފައި މިވަނީ، އެމްޑީޕީގެ ޔޫތް ވިންގުގެ ރައީސް ކޮށްފައިވާ ޓްވީޓަކަށް ރައްދު ދެމުންނެވެ.

މީކާއިލް ގެ ޓްވީޓުގައި ވަނީ، ޕީޕީއެމްއިން ކޮންމެ އިލެކްޝަނަކާ ދިމާކޮށް މިނިވަން ފިކުރެއް ކަމަށްބުނެ ކޮންމެވެސް ނަމެއްގައި ވޯޓްލާ މީހުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި މިއީ ސީދާ ރައީސް ޔާމީން ފަންޑް ކުރައްވައިގެން ހިންގަވާ ހަރަކާތެއްކަމަށް މީކާއިލް ވަނީ ތުހުމަތު ކޮށްފަ އެވެ. އަދި 2013 ވަނަ އަހަރު "ވޭކް އަޕް މޯލްޑިވްސް" ގެ ނަމުގައި އެފަދަ ފިކުރެއް އުފަންކޮށްފައިވާ ކަން މީކާއީލް އޭނާގެ ޓްވީޓްގައި ވަނީ ފާހަގަކޮށްފައެވެ.

މީކާއިލްގެ އެ ޓްވީޓަށް ރައްދު ދެމުން މިދުޢަމް ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ވައި.އާރު.ވައިގެ ފިކުރު އުފަން ކުރީ އެނާ ކަމަށްވާއިރު އެ ހަރަކާތާބެހޭ ގޮތުން އޭނާއަށް ވުރެ ބޮޑަށް މަޢުލޫމާތު އެނގޭނެ މީހަކު ހުންނާނެހެން ހީނުވާ ކަމަށެވެ. އަދި ވައި.އާރު.ވައިއާ ބެހޭ ގޮތުން އުފެދިފައިވާ ޚިޔާލު ތަފާތު ވުންތައް ސާފު ކުރުމަށް ސަޔަކަށް ނުވަތަ ބަހުސް އަކަށް އެރުމަށް މިދުޢަމްގެ ޓްވީޓުގައި އެމްޑީޕީގެ ޔޫތް ވިންގަށް ދަޢުވަތު ދީފައިވެއެވެ. މިދައުވަތު މީކާއީލް ގަބޫލުކޮށްފައިވާއިރު މިހާރު އޮތީ މިބަހުސް ކުރާނެ ތާރީޚެއް ކަނޑައެޅުމެވެ.

ސަރުކާރުގެ ވަރަށް ގިނަ ޕޮލިސީތަކަށް ފާޑު ކިޔާ މި ވައިއާރުވައި ޓީމުގެ ސުލޯގަން އަކީ "އައި ވިލް ޓެލްޔޫ ވައި ޔާމީން، ޔޫ ޓެލް އަސް ހޫ އެލްސް" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް