"ތަރިކަ" މަޝްރޫޢުގެ ލޯގޯ ބޭނުންކުރާ މުއްދަތު އިތުރުކޮށްފި

ދިވެހީންގެ މެދުގައި އިސްލާމީ ވަޙްދަތާއި، ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޤްޞަދުގައި 6 މާރިޗު 2017 ގައި އިފްތިތާޙު ކުރައްވާފައިވާ ތަރިކަ މަޝްރޫޢަށް ކަނޑައަޅުއްވާފައިވާ ލޯގޯ ސަރުކާރުގެ ރަސްމީ ސިޓީ...

15 Aug 2018 | 07:43

ދިވެހީންގެ މެދުގައި އިސްލާމީ ވަޙްދަތާއި، ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޤްޞަދުގައި 6 މާރިޗު 2017 ގައި އިފްތިތާޙު ކުރައްވާފައިވާ ތަރިކަ މަޝްރޫޢަށް ކަނޑައަޅުއްވާފައިވާ ލޯގޯ ސަރުކާރުގެ ރަސްމީ ސިޓީތަކާއި ލިޔުންތަކުގައި ބޭނުންކުރެއްވުމަށް ނިންމަވާފައިވާ މުއްދަތު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެއް އަހަރު ދުވަހަށް އިތުރުކުރައްވައިފިއެވެ.

އެގޮތުން މި އޮގަސްޓު މަހުގެ 14 ވާ އަންގާރަ ދުވަހުން ފެށިގެން، އެއް އަހަރު ދުވަހުގެ މުއްދަތަށް ސަރުކާރުގެ ރަސްމީ ސިޓީތަކާއި ލިޔުންތަކުގައި، [ތަރިކަ] މަޝްރޫޢުގެ ލޯގޯ ޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް