ކައިވެންޏާ ބެހޭ ގޮތުން ވާހަކަދައްކަން އާލިއާ ބޭނުމެއް ނުވި

ރަންބީރު ކަޕޫރު އާއި އާލިއާ ބަޓް އަންނަ އަހަރު ފަހުކޮޅު ކައިވެނި ކުރަން އުޅޭ ވާހަކަ އަކީ މިހާރު އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކަ އެވެ. ވާނީވެސް އެހެންތާ އެވެ. ބޮލީވުޑްގެ ދެ ތަރިން ކައިވެނި ކުރަންއުޅ...

15 Aug 2018 | 07:23

ރަންބީރު ކަޕޫރު އާއި އާލިއާ ބަޓް އަންނަ އަހަރު ފަހުކޮޅު ކައިވެނި ކުރަން އުޅޭ ވާހަކަ އަކީ މިހާރު އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކަ އެވެ. ވާނީވެސް އެހެންތާ އެވެ. ބޮލީވުޑްގެ ދެ ތަރިން ކައިވެނި ކުރަންއުޅެންޏާއި އެވާހަކަތަކަށް މީހުން ދޭ ސަމާލުކަންވެސް ބޮޑުވާނެ އެވެ. އެވާހަކަ ދައްކަންވެސް ދައްކާނެ އެވެ. ނަމަވެސް ކައިވެންޏާ ބެހޭ ގޮތުން ވާހަކަ ދައްކާކަށް އާލިއާ އަދި ބޭނުމެއް ނުވެއެވެ.

ދާދިފަހުން އާލިއާ އާއި ރަންބީރުގެ ކައިވެންޏާ ބެހޭ ގޮތުން ،ރިޕޯޓަރަކު އާލިއާ އާ ސުއާލުކުރުމުން އާލިއާ ބުނެފައިވަނީ ، ކައިވެންޏާ ބެހޭ ގޮތުން ދައްކަމުންދާ ވާހަކަތަކަށް އޭނަ ޖަވާބެއް ދޭން ބޭނުން ނުވާކަމުގަ އެވެ. އެހެންނަމަވެސް އޭނާގެ ކެރިއަރުގައިވެސް އަދި އަމިއްލަ ދިރިއުޅުމުގައިވެސް މިހާރު ހުރީ ހިތްހަމެޖެހޭ އުފާވެރި ހިސާބެއްގައި ކަމުގައި އާލިއާ ވަނީ ބުނެފައެވެ. ކައިވެންޏާ ބެހޭ ގޮތުން އާލިއާ ވާހަކަ ދައްކަން ބޭނުންނުވިއަސް ރަންބީރު އާ ދެމީހުން އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމުގައި ރަންބީރު ވަނީ އެއްބަސް ވެފައެވެ.

ރަންބީރު މީގެކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅެފައިވަނީވެސް ބޮލީވުޑްގެ ތަރިންނާއެވެ. އެގޮތުން ދީޕިކާ އާއި ކެޓްރީނާ އާ ރައްޓެހިވެގެން ރަންބީރު އުޅެފައިވާއިރު އާލިއާ ސިދާތް އާ ލޯބީގެ ގޮތުން ގުޅިގެން އުޅެފައިވާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް