ކެނޑިޑޭޓުންގެ ނަން ތަރުތީބުކުރުން ހޮނިހިރު ދުވަހު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި އެވެ. މިގޮތަށް ނިންމިކަން ހާމަކޮށްފައިވަނީ އިލެކްޝަނުން ކޮށްފައިވާ އިއުލާނ...

15 Aug 2018 | 06:15

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި އެވެ.

މިގޮތަށް ނިންމިކަން ހާމަކޮށްފައިވަނީ އިލެކްޝަނުން ކޮށްފައިވާ އިއުލާނެއްގައި އއެވެ.

އެ އިއުލާނުގައި ބުނެފައިވާގޮތުގައި ކެނޑިޑޭޓުންގެ ނަން ތަރުތީބުކުރުން މިމަހުގެ 18 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:30 ގައި ބާޖަމާލުއްދީނުގައި ހުންނަ އިންތިހާބީ މަރުކަޒުގައއި އޮންނާނެ އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ތިން ބޭފުޅަކު ފޯމު ހުށަހެޅުއްވިއެވެ. އެއީ މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އިދިކޮޅު ސިޔާސި ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އަމިއްލަގޮތުން ވާދަކުރަން ކެނޑިޑެސީ ހުށަހެޅި ހުސެއިން ނަސީރެވެ.

މި ތިން ބޭފުޅުންގެ ތެރެއިން ހުސެއިން ނަސީރުގެ ކެނޑިޑަސީ އިލެކްޝަނުން ވަނީ ބާތިލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް