ނަސް ޑެއިލީގެ ނަމުން މަޝްހޫރު ވީލޮގަރ ފޯކާއި ބެހޭގޮތުން އުފައްދައި އަޕްލޯޑް ކޮށްފައިވާ ވީޑިއޯ ބަލާލައިފިން ހެއްޔެވެ. ދިވެހިންނަށް މިއީ ކަމުދާނެ ވީޑިއޯއެކެވެ.
ރާއްޖެއަކީ ދުފުމުގެ އާދަ ގިނަ ގައުމެކެވެ. އެކަމުން ލިބޭ ގެއްލުން އެނގިތިބެމެ ދުފާ ދިވެހިން ގިނައެވެ. އެއީ ނުބައި އާދައެއް ކަމާއި ދުފުމުން ކެންސަރު ޖެހޭކަން ނުދަންނަ ދިވެއްސަކު މަދުވާނެއެވެ.
ނަސް ޑެއިލީގެ މި ވީޑިއޯ ޝޫޓްކޮށްފައިވަނީ ޕަޕުއާ ނިއު ގިނީގައެވެ. އެ ވީޑިއޯގައި ނަސް ބުނެފައިވަނީ ފޯކާއި ހުންޏާއި އެއްކޮށް ދުފުމުން އަނގަ ރަތްވާކަމަށެވެ. އަދި ކުޅުޖެހުމުން ހަކަތަ ލިއްބައިދޭކަމަށާއި މަސްތެއްވާކަމަށެވެ. އަދި ދުފުމަކީ ކެންސަރުޖެހޭ ކަމެއް ކަމަށާއި ސިނގިރޭޓު ބުއިމުން ލިބޭ ގެއްލުމާއި މާބޮޑު ތަފާތެއް ނެތްކަމަށްވެސް ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް