ރާއްޖެއަށް އެތެރެވާއިރު އާއި ފުރާއިރު ޓްރެވަލް ހެލްތް ޑިކްލަރޭޝަން ފޯމެއް ފުރަން ޖެހޭ

ރާޢްޖެއިން ފުރާ އަދި ރާއްޖެއަށް ވައިގެ މަގުން އަންނަ މީހުން "ޓްރެވަލް ހެލްތް ޑިކްލަރޭޝަން ފޯމް" އެއް ފުރަން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ. އިމިގްރޭޝަން ޑިޕާޓްމެންޓުން ބުނީ ރާއްޖެ އައުމުގެ އ...

15 Jul 2020 | 10:05

ރާޢްޖެއިން ފުރާ އަދި ރާއްޖެއަށް ވައިގެ މަގުން އަންނަ މީހުން "ޓްރެވަލް ހެލްތް ޑިކްލަރޭޝަން ފޯމް" އެއް ފުރަން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަން ޑިޕާޓްމެންޓުން ބުނީ ރާއްޖެ އައުމުގެ އަދި ފުރުމުގެ 24 ގަޑިއިރު ކުރިން އެ ފޯމް ފުރުމަށް ފަހު އިމިގްރޭޝަނަށް އޮންލައިންކޮށް ހުށަހަޅަންޖެހޭނެ ކަމަށެވެ. އެ ފޯމު ފުރޭނީ އިމިގްރޭޝަންގެ އޮންލައިން ޕޯޓާލް. "އިމުގާ" މެދުވެރިކޮށެވެ.

އިމިގްރޭޝަނުން ބުނީ "އިމުގާ" އަށް ވަނުމަށް ފަހު "ޓްރެވަލް ހެލްތް ޑިކްލަރޭޝަން ފޯމް" ނެގުމުން އެ ފޯމް ފުރާނެ ގޮތުގެ މައުލޫމާތު ލިބޭނެ އެވެ. "އިމުގާ" ޕޯޓަލް އަށް ވަދެވޭނީ imuga.immigration.gov.mv އަދި އިމިގްރޭޝަންގެ ވެބްސައިޓު www.immigration.gov.mv މެދުވެރިކޮށެވެ.

މިފޯމު ތައާރަފު ކޮށް އޮންލައިންކޮށް ހުށަހެޅޭނެ ގޮތް ހެދުމުގެ މަގުސަދަކީ މި ދަނޑިވަޅުގައި ބޯޑަރުގެ ކަންތައްތައް ހަރުދަނާކޮށް ބަލަހައްޓާ، ދަތުރުވެރިން އެއަރޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު މަދުކުރުމާއިއެކު ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމެވެ.

މި ފޯމު ދިވެހިންނާއި ބިދޭސީން ފުރަން ޖެހޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް