ނިއު ނޯމަލްގައި ޝޫޓްކުރާއިރު މޭކަޕް ކުރަންވެސް ޖެހެނީ އަމިއްލައަށް: ރަވީނާ ޓަންޑަން

ކޯވިޑް-19 ގެ ނުރައްކާ މިހާރުވެސް އެންމެ ބޮޑު ކަމުގައި ބެލެވޭ އިންޑިއާގެ ފިލްމު އިންޑަސްޓްރީވެސް މި ވައިރަހާއި ހެދި ހުއްޓުމަކަށް އައިސްފައިވީނަމަވެސް ނިއު ނޯމަލްގައި ކުދި ކުދި ޝޫޓްތައް އަންނަނީ ކުރަމުނ...

15 Jul 2020 | 01:28

ކޯވިޑް-19 ގެ ނުރައްކާ މިހާރުވެސް އެންމެ ބޮޑު ކަމުގައި ބެލެވޭ އިންޑިއާގެ ފިލްމު އިންޑަސްޓްރީވެސް މި ވައިރަހާއި ހެދި ހުއްޓުމަކަށް އައިސްފައިވީނަމަވެސް ނިއު ނޯމަލްގައި ކުދި ކުދި ޝޫޓްތައް އަންނަނީ ކުރަމުންނެވެ.

އެގޮތުން ނިމިދިޔަ ހަފްތާގައި ބޮލީވުޑް ބަތޮލާ ރަވީނާ ޓަންޑަން ވަނީ ހޭންޑް ސެނިޓައިޒަރ އިސްތިހާރެއް ކުޅެފައެވެ. މި އިސްތިހާރު ކުޅެފައިވަނީ އޭނާގެ ގޭގައެވެ. އަދި އިސްތިހާރު ޝޫޓް ކުރުމުގެ މަސައްކަތް ކުރިއަށްދިޔަ އިރު ކުރިން ދިމާނުވާފަދަ އެތައް ކަމެއް ކުރިމަތިވި ކަމަށް އޭނާ ބުނެފައިވެއެވެ.

އެގޮތުން ޓައިމްސް އޮފް އިންޑިއާއަށް އޭނާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ހެއަރ ސްޓައިލް ކުރުމާއި މޭކަޕް ކުރުންވެސް ކުރިއަށް ގެންދަން ޖެހުނީ އަމިއްލައަށް ކަމަށެވެ. އަދި އިޖްތިމާއީ ގައިދުރުކަމަށް ބަލައިގެންނާއި، މަދު ކްރޫން ތިބި އިރު އެ ކްރޫން، ޕީޕީއީ އަޅައިގެން ތިބުމުންވެސް ދަތިތަކެއް ކުރިމަތިވިކަމަށް ބުނެފައިވެއެވެ.

ރަވީނާ އިތުރަށް ބުނެފައިވަނީ މިގޮތަށް ޝޫޓް ކުރުމަކީ ކުރިއަށް އޮތް އަހަރެއް ދެ އަހަރުވެސް ޝޫޓް ކުރަން ޖެހޭ ނޯމަލް ކަމަށްވުން އެކަށީގެންވާކަމަށް ބަލައި، ތަރިން މިކަމަށް ތައްޔާރުވާން ޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް