ގިނަ ރަށްތަކަަކަށް އުދާ އަރާނެ ކަމަށް ލަފާކޮށް ކުރިއަށް އޮތް ތިން ދުވަހަށް ވައިޓް އެލާޓް

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ގިނަ ރަށްތަކަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ. އެގޮތުން ވައިޓް އެލާޓް ނެރެފައިވަނީ މެދުތެރެ އާއި ދެކުނުގެ އަތޮޅ...

15 Jul 2019 | 10:29

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ގިނަ ރަށްތަކަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ. އެގޮތުން ވައިޓް އެލާޓް ނެރެފައިވަނީ މެދުތެރެ އާއި ދެކުނުގެ އަތޮޅުތަކަށް އުދައެރުމުގެ ފުރުސަތު އޮތުމުން މިއަދު ހެނދުނު 10:30 އިން 15:00 އަށެވެ.

އޭގެ އިތުރުން އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި އޭގެ ތެރެއިން ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވައިޖެހޭނީ އާއްމު ގޮތެއްގައި ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް