ހިލަވެލި ބަރުކޮށްގެން ދިޔަ ދޯންޏެއް އަޑިއަށް ގޮއްސި

ހިލަވެލި ބަރުކޮށްގެން ހަތަރު މީހުނާއެކު ދަތުރުކުރި ދޯންޏެއް ހުޅުމާލެ ކައިރިން އަޑިއަށް ގޮސްފި އެވެ. އޭގައި ދަތުރު ކުރަމުން ދިޔައީ 3 ބިދޭސީއަކާއި ދިވެއްސެކެވެ. އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި...

15 Jul 2019 | 09:22

ހިލަވެލި ބަރުކޮށްގެން ހަތަރު މީހުނާއެކު ދަތުރުކުރި ދޯންޏެއް ހުޅުމާލެ ކައިރިން އަޑިއަށް ގޮސްފި އެވެ. އޭގައި ދަތުރު ކުރަމުން ދިޔައީ 3 ބިދޭސީއަކާއި ދިވެއްސެކެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި އެ ދޯނީގައި ތިބި ހަތަރު މީހުންވަނީ ދޯނި އަޑިއަށް ދާން ފެށުމުން ދޯނިން ފުންމާލައި ފަތާފައި ގޮސް ހުޅުމާލެއަށް އަރާފައެވެ. އަދި އޭގެން އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ދޯނި ފެންމަތި ކުރަން ވެރިފަރާތާއެކު އެމްއެންޑީއެފުން ވަނީ މަސައްކަތް ފަށާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް