“ސަންރައިސް ޕާޓީ” ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފި

"ސަންރައިސް ޕާޓީ" ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ. އިއްޔެ މި ހުއްދަ ދީފައިވަނީ މ. މަލިކުވިއު ސައީދާ ރަޝާދަށެވެ. ސައީދާއަކީ ރިޔާސީ އިންތިހާބުގައި ވޯޓު އ...

15 Jul 2019 | 06:44

"ސަންރައިސް ޕާޓީ" ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ.

އިއްޔެ މި ހުއްދަ ދީފައިވަނީ މ. މަލިކުވިއު ސައީދާ ރަޝާދަށެވެ. ސައީދާއަކީ ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލިކަށް ވިދާޅުވި ރައީސް ޔާމީންއަށް ތާއީދުކޮށް ބޭއްވި މުޒާހަރާތަކުގައި އިސް ސަފުގައި ހަރަކާތްތެރިވި ކަނބަލެކެވެ.

ޕާޓީއެއް އުފައްދަން ހުއްދަ ލިބުމާއެކު ޕާޓީ ރަޖިސްޓްރީ ކުރަން ބޭނުންވާ، މަދުވެގެން 3000 މީހުންގެ ސޮއެ ހުށަހަޅަން ޖެހެއެވެ. އަދި އެ 3000 ސޮއެ ތިން މަސް ދުވަހުގެ ތެރޭގައި ހޯދަން ޖެހޭއިރު ދައުލަތުން ލިބޭ ފައިސާ ލިބެނީ ޕާޓީއަށް 10 ހާސް މީހުން ހަމަވުމުންނެވެ.

މި އަހަރު މިހާތަނަށް އައު ދެ ޕާޓީއެއް ރަޖިސްޓްރީ ކޮށްދީފައިވެއެވެ. އެއީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) އާއި ލޭބާ ޕާޓީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް