ރާމް ކަޕޫރު މިހެދީ ކިހިނެއް! ހަމަ ކުއްލިއަކަށް ބަރުދަނުން 30 ކިލޯ ދުއްވާލައިފި

ބޮލީވުޑްގެ ގިނަ ފިލްމުތަކެއްގައި އެކްޓް ކޮށްފައިވާ އެކްޓަރު ރާމް ކަޕޫރު އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސް އޭނާގެ ސަޕޯޓަރުން ކޮސް ކޮށްލައިފިއެވެ. ދުވަސްކޮޅެއް ވަންދެން އެއްވެސް ފޮޓޯއެއް އިންސްޓަގ...

15 Jul 2019 | 01:07

ބޮލީވުޑްގެ ގިނަ ފިލްމުތަކެއްގައި އެކްޓް ކޮށްފައިވާ އެކްޓަރު ރާމް ކަޕޫރު އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސް އޭނާގެ ސަޕޯޓަރުން ކޮސް ކޮށްލައިފިއެވެ.

ދުވަސްކޮޅެއް ވަންދެން އެއްވެސް ފޮޓޯއެއް އިންސްޓަގްރާމަށް އަޕްލޯޑް ނުކޮށް ހުރުމަށްފަހު ފްރެންޗް ތުނބުޅިއަކާއެކު އޭނާގެ އައު ބަދަލު ފެންނަ ފޮޓޯއެއް އިންސްޓަގްރާމަށް ދޫކޮށްލުމާއެކު ގިނަ ބަޔަކަށް ހައިރާންކަން ލިބިގެންދިޔައެވެ. އެއަށްފަހު އޭނާ ވަނީ ކުރިން ހުރި ގޮތާއި މިހާރު ހުންނަ ގޮތުގެ ފޮޓޯތައް އިންސްޓަގްރާމަށް ދޫކުރަން ފަށާފައެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ވަނީ ބަރުދަނުން 30 ކިލޯ ލުއިކޮށްލާފައެވެ.

ރާމް ކަޕޫރާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ރާމް ކަޕޫރު ހިކެން ބޭނުންކުރި ފޯމިއުލާއަކީ "އިންޓަމިޓެންޓް ފާސްޓިންގް" ފޯމިއުލާއެވެ. އޭނާ ހިޔާރު ކުރީ މި ފޯމިއުލާގެ 08/16 މެތަޑެވެ. މިއީ ހިކެން މަސައްކަތްކުރާ މީހުންނަށް ފަސޭހައިން ނަތީޖާ ފެންނަ މުޖައްރިބު ފޯމިއުލާއެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އެހެން ނަމަވެސް އިންޓަމިޓެންޓް ފާސްޓިން އަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭ ވަރުގެ ކަމެއް ނޫނެވެ.

ރާމް ކަޕޫރު މި ހިޔާރު ކުރި އިންޓަމިޓެންޓް ފާސްޓިންގްގެ 08/16 ފޯމިއުލާގައި ކޮންމެ ދުވަހަކު 16 ގަޑިއިރު ނުކައި ހުންނަން ޖެހެއެވެ. ނަމަވެސް ނުކައި ހުންނަ 16 ގަޑިއިރު ސަޔާއި ފެން އަދި ކޮފީ ބުއިމުން މައްސަލައެއް ނެތެވެ. އަދި އަނެއް އަށް ގަޑިއިރު ހަމަ ކޮންމެ އެއްޗެއް ކެޔަސް މި ފޯމިއުލާ "ވޯކް" ކުރާ ކަމަށް މި ފޯމިއުލާ އަޖުމަ ބަލާ މީހުން ބުނެއެވެ.

ގިނަ ބަޔަކު މިފޯމިއުލާ ހިޔާރު ކުރާއިރު ހިޔާރު ކުރަނީ ހެނދުނު ރޭގަނޑު 07:00 އިން ހެނދުނު 10:00 އަށް ނުކައި ހުރުމަށެވެ. ބާކީ ވަގުތުތަކުގެ ތެރެއިން ނިންޖަށްވެސް ގިނަ ވަގުތު ދާނެތީ ވަގުތުތައް މިގޮތަށް ކަނޑައެޅުމުން މާ އުނދަގޫ ނުވާނެ ކަމަށް މި ފޯމިއުލާ ހިޔާރު ކުރާ މީހުން ބުނެއެވެ.

ކޮންމެއަކަސް ރާމް ކަޕޫރު މިވަނީ އޭނާގެ ފޭނުން ކޮސް ކޮށްލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް