އަހަރެންގެ ރީތި ކަމާއި ޒުވާންކަން ގުޅިފައިވަނީ ޕަރީންނާ !

އުމުރުން 50 އަހަރުގެ އަންހެނަކު، އޭނާގެ ރީތި ކަމާއި ޒުވާންކަން ގުޅިފައިވަނީ ޕަރީންނާއި ޕަރީންގެ ޖާދުލާ ކަމުގައި ބުނެ ދައުވާކުރަން ފަށައިފިއެވެ. ޑެއިލީ މެއިލްގައި ރިޕޯޓްކޮށްފައިވާގޮތުގައި މިކަމަށް ދައު...

14 Jul 2019 | 23:46

އުމުރުން 50 އަހަރުގެ އަންހެނަކު، އޭނާގެ ރީތި ކަމާއި ޒުވާންކަން ގުޅިފައިވަނީ ޕަރީންނާއި ޕަރީންގެ ޖާދުލާ ކަމުގައި ބުނެ ދައުވާކުރަން ފަށައިފިއެވެ.

ޑެއިލީ މެއިލްގައި ރިޕޯޓްކޮށްފައިވާގޮތުގައި މިކަމަށް ދައުވާ ކުރަނީ އުމުރުން 50 އަހަރުގެ ފްލޭވިއާ ޕީޓާސް ނަމަކަށް ކިޔާ އަންހެނެކެވެ.

"އަހަންނަށް މިހާރު 50 އަހަރު، ޕަރީންގެ އަހަރުން ގުނާނަމަ އަދި އެއަށްވުރެވެސް ގިނަ އަހަރު ވެދާނެ، އެހެނަސް އުމުރާ ބަލާ އަހަރެން ޒުވާން ކަމުގައި ކޮންމެ މީހަކުވެސް ގަބޫލު ކުރާނެ" ޑެއިލީ މެއިލަށް ދިން އިންޓަވިއުގައި އޭނާ ބުނެފައިވެއެވެ.

ފްލޭވިއާ ބުނެފައިވާގޮތުގައި އޭނާ ޕަރީންނާއި ވާހަކަ ދައްކާ ހަދައެވެ. އަދި މިހާރު އޭނާ ކުރަމުން އަންނަ މަސައްކަތަކީ ޕަރީންނާއި އިންސާނުންނާ ގުޅުވައިދިނުމުގެ މަސައްކަތް ކަމުގައިވެސް އޭނާ ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް