ނޭޕާލަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގާ ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 50 އަށް އަރައިފިއެވެ. މިއަދަދަކީ އިއްޔެއާއި ހަމައަށް މަރުވި މީހުންގެ އަދަދެވެ.
މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރަމުން އަންނަނީ ނޭޕާލުގެ އިރުމަތީ ރަށްތަކަށެވެ.
މަރުވި މީހުންގެ އަދަދު 50 އަށް އަރާފައިވާއިރު ނޭޕާލު ފުލުހުންގެ ތަރުޖަމާނު ބިޝްވަރާޖް ފޮކަރެލް ބުނެފައިވާގޮތުގައި 33 މީހަކު ގެއްލިގެން ރިޕޯޓްކޮށްފައިވެއެވެ. ހާހަކަށްވުރެ ގިނަ މީހުން ސަލާމަތްކޮށްފައިވެއެވެ.
މި ވިއްސާރައާއި ގުޅިގެން ނޭޕާލަށް މިވަނީ އިތުރު ނުރައްކަލަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރުވެސް ހީވެފައެވެ. އެއީ ނޭޕާލުގެ ކޯރުތައް ފުރި ކޯރުތއް ބަންޑުން ވެދާނެ ކަމުގެ ބިރެވެ.
ނޭޕާލުގެ މޫސުމާއި ބެހހޭ ގައުމީ އިދާރާއިން ބުނެފައިވާގޮތުގައި މޫސުން މިއަދު ނޫނީ މާދަމާ އަލިވާނެ ކަމަށް ލަފާ ކުރެއެވެ. އަދި އަލި ވެއްޖެ ނަމަ ކޯރުތައް ފުރި ބަންޑުން ވުމުގެ ފުރުސަތު ކުޑަވެގެން ދާނެއެވެ.
މި ވިއްސާރައިގެ އަސަރު އިންޑިއާއަށްވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން އިންޑިއާގައިވެސް ފާއިތުވި ތިން ދުވަހު 11 މީހަކު މަރުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް