އެސްޓީއޯއިން ޕެޓްރޯލުގެ އަގު އަނެއްކާވެސް ހެޔޮކޮށްފި، މި ފަހަރު ލީޓަރަކުން ރުފިޔާއެއް ހެޔޮ

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކަމުން އަންނަ ޕެޓްރޯލުގެ އަގު އަނެއްކާވެސް ހެޔޮކޮށްފިއެވެ. މިއީ ޖެހި ޖެހިގެން ޕެޓްރޯލުގެ އަގު ހެޔޮކުރި ހަތަރުވަނަ ފަހަރެވެ. އެގޮތުން އެސްޓީއޯއިން ބުނ...

14 Jul 2019 | 23:07

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކަމުން އަންނަ ޕެޓްރޯލުގެ އަގު އަނެއްކާވެސް ހެޔޮކޮށްފިއެވެ. މިއީ ޖެހި ޖެހިގެން ޕެޓްރޯލުގެ އަގު ހެޔޮކުރި ހަތަރުވަނަ ފަހަރެވެ.

އެގޮތުން އެސްޓީއޯއިން ބުނެފައިވާގޮތުގައި މިއަދުން ފެށިގެން އެސްޓީއޯ އިން ވިއްކާ ޕެޓްރޯލްގެ އަގުން 1ރ. ހެޔޮ ކުރަން ވަނީ ނިންމާފައެވެ.

"މިއީ އެސްޓީއޯ އިން މި އަހަރު ތެރޭގައި ތެލުގެ އަގު ހެޔޮ ކުރާ ހަތަރު ވަނަ ފަހަރެވެ. ވީމާ، 15 ޖުލައި 2019 އިން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބެން ހުންނާނީ 10.13 ރ. އަށެވެ." އެސްޓީއޯއިން ބުނެފައިވެއެވެ.

އެސްޓީއޯއިން ތެލުގެ އަގު މި އަހަރުގެ ޖޫން، މެއި އަދި މާރިޗްގައިވެސް ހެޔޮކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް