މަގުމަތީގައި ހުރި ސައިކަލެއްގައި އަޅުވާލާފައި އޮތް ކޮތަޅެއް ވަގަށްނެގި މީހަކު ހޯދުމަށް ފުލުހުން ވީޑިއޯއެއް އާންމުކޮށްފި އެވެ.
ފުލުހުހުން ބުނެފައިވަނީ ތިރީގައިވާ ވީޑިއޯއިން ފެންނަ މީހާއަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއް ކަމަށެވެ.
https://www.youtube.com/watch?v=de6UCH3W7pw
ވީޑިއޯއިން ބޮޅު އަޅާ މާކުކޮށްފައިވާ މީހާ، މަގުމަތީގައި ހުރި ސައިކަލެއްގައި އޮތް ކޮތަޅެއް ނަގައިގެންދާ މަންޒަރު ވީޑިއޯއިން ފެނެ އެވެ.
މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް