ލޭބާ ޕާޓީ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހަޅައިފި

ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. މީޑިއާތަކަށް މައުލޫމާތު ދެމުން އީސީން ބުނެފައިވަނީ ޕާޓީއެއް އުފައްދަން ހުށަހަޅާފައިވާއިރު...

15 Jul 2018 | 09:40

ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އީސީން ބުނެފައިވަނީ ޕާޓީއެއް އުފައްދަން ހުށަހަޅާފައިވާއިރު އެކަމާއިގުޅޭގޮތުން މި އަންނަ ހަފްތާތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޕާޓީއެއް އުފައްދަން ހުށަހަޅާފައިވަނީ ގާނޫނީ ވަކީލު އަބްދުﷲ ހަސީނެވެ. އޭނާ އަކީ ކުރިން އެމްޑީޕީ މެމްބަރެކެވެ. ޕާޓީ އުފައްދަން ހުށަހަޅާފައިވަނީ އެމްޑީޕީން ވަކިވެގެން ކަމުގައި މައުލޫމާތު ލިބެ އެވެ.

އާ ޕާޓީ އުފައްދަނީ "މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޖަސްޓިސް ޕާޓީ(ލޭބާ ޕާޓީ)ގެ ނަމުގައި އެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ހަސީން ވިދާޅުވެފައިވަނީ އާ ޕާޓީއެއް އުފެއްދުމަށް ނިންމާފައިވަނީ އެމްޑީޕީއާއި އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށާއި މަގުސަދަކީ މަސައްކަތްތެރިންގެ ހައްގުތަކާއި އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތް ކުރުން ކަމަށެވެ.

އާ ޕާޓީއެއް އުފައްދަން އީސީއަށް ހުށަހަޅާފައިވާއިރު މި އަހަރުގެ އޭޕްރީލް މަހުގައިވެސް ދެ ޕާޓީއެއް އުފައްދަން އީސީއަށް ހުށަހަޅާފައި ވެ އެވެ. ނަމަވެސް އެ ހުށަހެޅުންތަކުގެ ލިޔެކިޔުންތައް ފުރިހަމަނުވާތީ ޕާޓީ އުފެއްދުމުގެ ހުއްދަ އީސީން އޭރު ދީފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް