ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހަމާސް އާއި އިޒްރޭލުން އެއްބަސްވެއްޖެ

މިސްރު މެދުވެރިވެ ކުރިއަށްދާ މަޝްވަރާތަކެއްގައި އިޒްރޭލު ޔަހޫދީ ސިފައިންނާއި ފަލަސްތީނުގެ ދިފާއުގައި ހަނގުރާމަކުރަމުން އަންނަ ހަމާސް ޖަމާއަތުން ހަމަލާ ބަދަލުކުރުން މެދުކަނޑާލުމަށް އެއްބަސްވެއްޖެ އެވެ....

15 Jul 2018 | 05:47

މިސްރު މެދުވެރިވެ ކުރިއަށްދާ މަޝްވަރާތަކެއްގައި އިޒްރޭލު ޔަހޫދީ ސިފައިންނާއި ފަލަސްތީނުގެ ދިފާއުގައި ހަނގުރާމަކުރަމުން އަންނަ ހަމާސް ޖަމާއަތުން ހަމަލާ ބަދަލުކުރުން މެދުކަނޑާލުމަށް އެއްބަސްވެއްޖެ އެވެ.

މިކަން އިއްޔެ ހަމާސް އިން ހާމަކޮށްފައިވާއިރު ހަމާސްގެ ތަރުޖަމާނު ފަވްޒީ ބަރްހޫމް ބުނެފައިވަނީ އެގޮތަށް ނިންމީ މިސްރުގެ އެދުމަށް ކަމަށެވެ.

ހަމާސް އިން މިކަން ހާމަކުރި ނަމަވެސް އިޒްރޭލުގެ މިލިޓަރީ ތަރުޖަމާނުވަނީ މިކަމަށް ބައިނަލްއަގްވާމީ މީޑިއާގައި ކޮމެންޓް ކުރުމަށް ދެކޮޅު ހަދާފަ އެވެ.

އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމުގައި އެމެރިކާއިން މި އަހަރުގެ ކުރީކޮޅު ބަލައިގަތްފަހުން އިޒްރޭލާއި ފަލަސްތީނުގެ މަސްރަހު ވަނީ ގޯސްވެފައި ވެ އެވެ. ހަމާސް އާއި އިޒްރޭލު ޔަހޫދީ ސިފައިންނާއިދެމެދު އެތައް ހަމަލާއެއް ބަދަލުކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް