އިންތިހާބު ނިމެންދެން އަހަރެން މިނިވަންކޮށްދީ، ޝައިނީއަށް ވާނެ: މަހްލޫފް

ކުރިއަށް ރިޔާސީ އިންތިހާބު ނިމެންދެން ގޭބަންދުން ދޫކޮށްލައި، ސިޔާސީ ގޮތުން އުފުލާފައިވާ ދައުވާތައް ސަސްޕެންޑް ކޮށްދެއްވުމަށް އެމްޕީ އަހްމަދު މަހްލޫފް، ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީގެ އަރިހު...

15 Jul 2018 | 05:14

ކުރިއަށް ރިޔާސީ އިންތިހާބު ނިމެންދެން ގޭބަންދުން ދޫކޮށްލައި، ސިޔާސީ ގޮތުން އުފުލާފައިވާ ދައުވާތައް ސަސްޕެންޑް ކޮށްދެއްވުމަށް އެމްޕީ އަހްމަދު މަހްލޫފް، ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީގެ އަރިހުން އެދިއްޖެ އެވެ.

ޝައިނީއަކީ އެކަން ކޮށްދެވޭވަރުގެ ބޭފުޅެއް ކަމަށް އިސާރަތްކޮށް މަހްލޫފް މިހެން ވިދާޅުވެފައިވަނީ އިދިކޮޅު ރަނިންމޭޓަކަށް ފައިސަލް ނަސީމް ހޮވުމުން ފައިސަލް ނަސީމަށް މަރުހަބާ ދަންނަވައި ޝައިނީ ކުރައްވާފައިވާ ޓްވީޓަށް ރައްދު ދެމުންނެވެ.

މަހްލޫފްގެ އެ ރައްދުގައި ބޭރުގެ ބައެއް ޝަފީރުންވެސް ޓެގް ކޮށްފައި ވެ އެވެ.

މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން އޭނާ ގޭބަންދަށް ބަދަލުކޮށްފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް