އައްސޭރި ޖަލަށް އެއްޗެހިތަކެއް ވައްދަން އުޅުނު ކުޑަކުއްޖަކު ހައްޔަރުކޮށްފި

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަށް އެތެރެކުރަން އުޅުނުކަމަށް ބެލެވޭ ތަކެއްޗާއިއެކު 18 އަހަރުން ދަށުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ފުލުހުން ބުނެފައިވާގޮތުގައި އައްސޭރި ޖަ...

15 Jul 2018 | 04:58

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަށް އެތެރެކުރަން އުޅުނުކަމަށް ބެލެވޭ ތަކެއްޗާއިއެކު 18 އަހަރުން ދަށުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނެފައިވާގޮތުގައި އައްސޭރި ޖަލަށް އެއްޗިހިތަކެއް އެތެރެކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންމަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ޖުލައި  11ވަނަ ދުވަހުގެ 16:40 ހާއިރު ހިންގި އޮޕަރޭޝަންގައި، އައްސޭރި ޖަލު ސަރަހައްދުން 18 އަހަރުން ދަށުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް  ބަލައިފާސްކުރި ކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ހަ ރަބަރު ޕެކެޓާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ސެލޯފިންކޮޅަކާއި، ދެ ފޯނާއި، މެމޮރީ ކާޑަކާއި އަދި ޕެން ޑްރައިވެއް، އެކުއްޖާގެ އަތުގައި އޮތް ފޮއްޓެއްގެ ތެރެއިން ފެނިފައިވެއެވެ.

މިމައްސަލަ ކ. ހިންމަފުށި ޕޮލިސް ސްޓޭޝަނުންދަނީ އިތުރަށް ތަޙުޤީޤު ކުރަމުން އަންނަކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް