ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަދާލަތު ޕާޓީން ކެމްޕޭން މެނޭޖަރަކު ކަނޑައަޅައިފި އެވެ. އެ މަގާމަށް އަދާލަތު ޕާޓީން ކަނޑައަޅާފައިވަނީ އެ ޕާޓީގެ ޖެންޑަރ އާއި އިންސާނީހައްގުތަކާއިބެހޭ ކޮމިޓީގެ ރައީސް އަހްމަދު ނުއުމާނެވެ.
"ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓު އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ ރަނިންމޭޓު ފައިޞަލް ނަސީމަށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިނުމަށްޓަކައި ޢަދާލަތު ޕާޓީގެ ފަރާތުން ހިންގާ ކެމްޕޭން ޙަރަކާތްތަކުގެ މެނޭޖަރަކަށް، ޢަދާލަތު ޕާޓީގެ ޖެންޑަރ އާއި އިންސާނީ ޙައްޤުތަކާބެހޭ ކޮމިޓީގެ ރައީސް އަޙްމަދު ނުޢުމާން ހަމަޖައްސަވައިފިއެވެ." އެ ޕާޓީން ބުނެފައި ވެ އެވެ.
އަދާލަތު ޕާޓީން ބުނެފައިވާގޮތުގައި އަޙްމަދު ނުޢުމާނަކީ ރައީސް ވަޙީދުގެ ވެރިކަމުގައި ޢަދާލަތު ޕާޓީގެ ފަރާތުން ފެނަކައިގެ ޗެއަރމަންގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އަދި އޭގެ ފަހުން، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި “ޤައުމައިގެން ކުރިއަށް” ކެމްޕޭނުގައި އަޙްމަދު ނުޢުމާން ވަރަށް އިސްދައުރެއް އަދާކުރައްވާފައިވެއެވެ. މީގެ އިތުރުން އަޙްމަދު ނުޢުމާނަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކުގެ ސްޓިއަރިންގ ކޮމިޓީގައިވެސް ޢަދާލަތު ޕާޓީ ތަމްސީލުކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަދާލަތުން މަސައްކަތްކުރަމުން އަންނަނީ ގުޅިފައިވާ އިދިކޮޅު ޕާޓީތަކާއި އެކުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް