ކަނޑަށް ވެއްޓުނު ނަސީރު ހޯދުމުގެ މަސައްކަތް މިއަދުވެސް ސިފައިން ކުރާނެ: ޑިފެންސް މިނިސްޓަރު

މީގެ ދެ ދުވަސް ކުރިން ކަނޑަށް ވެއްޓި ގެއްލިފައިވާ ފ ބިލެއްދޫ އަބްދުﷲ ނަސީރު ހޯދުމުގެ މަސައްކަތް މިއަދުވެސް ސިފައިން ކުރަމުންދާނެ ކަމުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ. މި...

15 Jul 2018 | 04:25

މީގެ ދެ ދުވަސް ކުރިން ކަނޑަށް ވެއްޓި ގެއްލިފައިވާ ފ ބިލެއްދޫ އަބްދުﷲ ނަސީރު ހޯދުމުގެ މަސައްކަތް މިއަދުވެސް ސިފައިން ކުރަމުންދާނެ ކަމުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ އޭނާގެ ފޭސްބުކްޕޭޖްގައި ރޭ ޝާއިޢު ކުރައްވާފައިވާ ޕޯސްޓެއްގައި އެވެ.

އެ ޕޯސްޓްގައި މިނިސްޓަރު ވިދާޅުވެފައިވަނީ ފ ބިލެއްދޫ އަބްދުﷲ ނަސީރު ހޯދުމުގެ މަސައްކަތް މާދަމާވެސް ސިފައިން ކުރިއަށްގެންދާނެ ކަމަށާއި ނަސީރު ވެއްޓުނު ހިސާބު ފީނައިގެންވެސް ވަނީ ބަލާފައި ކަމަށެވެ. އަދި ފީނުމުގައި ސިފައިންނާއި ފިލަމެންދޫ ރިސޯޓްގެ ޑައިވަރުން ބައިވެރިވެފައިވޭ. އަދި އެ ހިސާބުގައި އުދުހޭ ސީ ޕްލޭންތަކުންވެސް މިކަމުގައި އެހީތެރިވެފައިވާކަމަށެވެ.

"ނަސީރުގެ އާއިލާ އަށް ކެތްތެރިކަން ދެއްވާށި. އާމީން." މިނިސްޓަރުގެ ފޭސްބުކް ޕޭޖުގައި ލިޔުއްވާފައި ވެ އެވެ.

ގެއްލިގެން ހޯދަމުން އަންނަނީ ފާނަ މަސްވެރިކަން ކުރުމުގައި އދ އަތޮޅުގައި އޮންނަ ވިލަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ ކައިރީގައި އުޅުނު، ޓާގެޓް ނަމަކަށް ކިޔާ ދޯނީގެ ފަޅުވެރިއެއް ކަމުގައިވާ، ފ.ބިލެތްދޫ، އުތުރުގޭ އުމުރުން 58 އަހަރުގެ ޢަބްދުﷲ ނަޞީރެވެ. މި މީހާ ކަނޑަށް ވެއްޓުނު އިރު ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި މުޝި ކުލައިގެ ފަޓުލޫނެއްކަމަށް އެ ދޯންޏާއި ހަވާލާދީ އެމްއެންޑީއެފުން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް