އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސް ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާ، ނެޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރު(މެޓް) އޮފީހުން ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ފަތިހު 04:50ގައި ވައިޓް އެލާޓް ނެރެފައިވަނީ ހއ އާއި ކ އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
އެ އެލާޓްގައި ބުނެފައިވަނީ މިއަދު ފަތިހު 05:15 އިން ހެނދުނު 10:15 އާއި ދެމެދުގެ ވަގުތުތަކުގައި ހއ އަތޮޅުން ފެށިގެން ކ އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
މޫސުން ގޯސް އިރު ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް ސަލާމަތީ ހިދުމަތްތަކުން އަބަދުވެސް އިލްތިމާސް ކުރެ އެވެ. ފާނަ މަސްވެރިކަން ކުރާ ދޯންޏެއްގެ މަސްވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް މިހާރުވެސް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ. ރައްކާވެތިބިއްޔާ ދަތުރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް