ނިއު ނޯމަލްގައި ހުޅުމާލޭ-މާލޭ ބަސްދަތުރުތައް ފަށައިފި

ހުޅުމާލެއާއި މާލެ އާއި ދެމެދު އެމްޕީއެލްއިން ކުރާ ބަސް ދަތުރުތައް ނިއު ނޯމްލަގައި ފަށައިފި އެވެ. ކޯވިޑް-19 އާއި ގުޅިގެން މާލޭ ސިޓީ ލޮކްޑައުން ކުރިފަހުން އެމްޕީއެލްއިން މާލެއާއި ހުުޅުމާލެ އާއި ދެމެދު ބ...

15 Jun 2020 | 07:09

ހުޅުމާލެއާއި މާލެ އާއި ދެމެދު އެމްޕީއެލްއިން ކުރާ ބަސް ދަތުރުތައް ނިއު ނޯމްލަގައި ފަށައިފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން މާލޭ ސިޓީ ލޮކްޑައުން ކުރިފަހުން އެމްޕީއެލްއިން މާލެއާއި ހުުޅުމާލެ އާއި ދެމެދު ބަހުގައި ދަތުރު ކުރެވެނީ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ. އެކަމަކު ލޮކްޑައުންއަށް މިއަދުން ފެށިގެން ބޮޑެތި ލުއިތަކެއް ދީ ބޭރަށް ނުކުތުމުގެ ހުއްދަ ދޭން ފެށުމާއި އެކު އާންމު އުސޫލުން ބަސްދަތުރުގެ ހިދުމަތް ވަނީ ފަށާފައި އެވެ.

އެމްޕީއެލްއިން ބުނީ މިއަދުން ފެށިގެން ހެނދުނު 6:30 އިން ފެށިގެން ބަސް ދަތުރުތައް ފަށާނެ ކަމަށެވެ. މާލެ ތިން ސަރަހައްދަކަށް ބަސް ހުއްޓުމަށް ހަމަޖެހިފައިވާ އިރު އެއީ އައިޖީއެމްއެޗު ބަސް ސްޓޮޕާއި، ގްރޭޓާ މާލޭ ޓާމިނަލް ބަސް ސްޓޮޕްގެ އިތުރުން ކާނިވާ ސަރަހައްދުގައި ހަދާފައިވާ ބަސް ސްޓޮޕެވެ.

އެންމެ ފަހު ދަތުރު މާލެއިން ކުރުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 11:30 ގައި އައިޖީއެމްއެޗު ބަސް ސްޓޮޕުންނެވެ. ކާނިވާ ސަރަހައްދަށް އެންމެ ފަހު ބަސް ދަތުރު ކުރާނީ ހަވީރު 5:00 ގައި އެވެ.

އެމްޕީއެލްއިން ބުނީ މިއީ ވަގުތީ ގޮތުން ދަތުރުތައް ރޭވިފައިވާ ގޮތް ކަމަށެވެ. ކުރިޔަށް އޮތްތާ ބަސް ދަތުރުތައް އިތުރުކޮށް ޝެޑިއުލަށް ބަދަލުތަކެއް ގެންނާނެ ކަމަށް ބުނެފައިވެ އެވެ.

ނިއު ނޯމަލްގައި ބަހުގެ ހިދުމަތް ދޭއިރު އެ ކުންފުނިން ބުނެފައިވާ ގޮތުގައި ފައިސާ ދައްކަން ޖެހޭނީ ކާޑުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް