މިއަދު މާލެއަށް އުދަ އަރައި ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެއްޖެއެވެ.
އުދަ އަރައި ފެންބޮޑުވި ސަރަހައްދުތަކުގެ ތެރޭގައި އެންމެ ބޮޑަށް ފެންބޮޑުވެފައި ވަނީ ކާނިވަލް ސަރަހައްދުގައެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަގޮތުގައި، އެ ސަރަހައްދުން މަގުމައްޗަށް ވެސް ވަނީ އުދައިގެ އަސަރުކޮށްފައެވެ.
މީގެ އިތުރުން، ރާޅުގަނޑު ސަރަހައްދަށް ވެސް ވަނީ އުދަ އަރާފައެވެ. އެ ސަރަހައްދުން ވެސް މަގުމައްޗަށް ވަނީ އުދައިގެ އަސަރުކޮށްފައެވެ.
ވޭތުވެދިޔަ ހަފްތާއަށް ވުރެ މިހާރު ކަނޑު މަޑު ނަމަވެސް، ބައެއް ރަށްރަށަށް އުދަ އެރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި އެކަމަށް ސަމާލުވެ ތިބުމަށްވެސް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް