ޓޯވ ކުރެވިފައިވާ 79 އުޅަނދެއް މިއަދު ފުލުހުން ނައްތާލައިފިއެވެ.
ކުރީގެ ކުނި ކޮށީގައި މިއަދު ނައްތާލައިފައި ވަނީ 64 ސައިކަލާއި، 4 ފުރޮޅުލީ 10 އުޅަނދުގެ އިތުރުން 5 ބައިސްކަލެވެ.
ފުލުހުން ވިދާޅުވީ، ނައްތާލައިފައި ވަނީ އެއްގަމު އުޅަނދުގެ ޤާނޫނާ ހިލާފަށް ޕާކުކޮށްފައި ހުރުމުގެ ސަބަބުން މަގުމަތީގައި ހިނގާ މީހުންނަށާއި، ދުއްވާ އެއްޗިއްސަށް އުނދަގޫވެ، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގައި ދުއްވުން ހުއްދަނުވާ އުޅަނދު ތަކުގެތެރެއިން ޓޯވ ކޮށްފައިވާ އުޅަނދުތައް ކަމަށެވެ.
މި އުޅަނދުތައް މިއަދު ފުލުހުން ނައްތާލައިފައި ވަނީ ނޫސްވެރިންގެ ހާޒިރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް