ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހާއި ގުޅިގެން، ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ނޭޝަނަލް އާޓްސް ގެލެރީގައި ކުރިއަށް އެބަ ދެއެވެ.
މި ޕްރޮގްރާމް ފެށިފައި ވަނީ މިއަދު ހެނދުނު 9:00 ގައެވެ. ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އެކަން މަގުފަހި ކޮށްދިނުމަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ނިމޭނީ މިއަދު 18:00 ގައެވެ.
މި ޕްރޮގްރާމްގެ ތެރޭގައި، ހިލޭ ތެލަސީމިއާ ޓެސްޓް ހެދުމުގެ އިތުރުން، ލޭ ހަދިޔާ ކުރުމާއި ބެހޭގޮތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ވެސް ކުރިއަށް ދާނެއެވެ.
ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަސް ކޮންމެ އަހަރެއްގެ 14 ވަނަ ދުވަހު ފާހަގަ ކުރާއިރު، މި އަހަރުގެ ޝިއާރަކީ "ރައްކާތެރި ލޭ އެންމެންނަށް" މި ޝިއާރެވެ.
18 އަހަރު ފުރިފައިވާ ސިއްޙަތު ރަގަޅު ކޮންމެ މީހަކަށް ވެސް ލޭ ހަދިޔާ ކުރެވޭނެއެވެ. ކޮންމެ ލޭ ތިއްކަކީ ވެސް ވަރަށް މާތް ޞަދަޤާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް