ޝިލްޕާ ޝެޓީ ދުވަހެއް ދުވަހަކަށް ވުރެ ވަނީ ޒުވާން

މިމަހުގެ 8 ވަނަ ދުވަހު ޝިލްޕާ ޝެޓީ އަށް 44 އަހަރު ވެފައިވާއިރު، ދުވަހެއް ދުވަހަށްވުރެ ޒުވާން ކަމަށް ދައްކައެވެ. ދާދި ފަހުން ޝިލްޕާ އޭނާގެ އުފަންދުވަސް ފާހަގަކޮށްފައި އައި އިރު ޕަޕަރާޒީންތަކެއް ނަގާފައ...

15 Jun 2019 | 06:32

މިމަހުގެ 8 ވަނަ ދުވަހު ޝިލްޕާ ޝެޓީ އަށް 44 އަހަރު ވެފައިވާއިރު، ދުވަހެއް ދުވަހަށްވުރެ ޒުވާން ކަމަށް ދައްކައެވެ.

ދާދި ފަހުން ޝިލްޕާ އޭނާގެ އުފަންދުވަސް ފާހަގަކޮށްފައި އައި އިރު ޕަޕަރާޒީންތަކެއް ނަގާފައިވާ ފޮޓޯތަކުން ފެންނަގޮތުގައި ޝިލްޕާ ހީވަނީ 25 އަހަރުގެ މީހެއް ހެންނެވެ.

ގިނަ މީހުން ފާހަގާކުރާ ގޮތުގައި، ނަވާރަސަތޭކައިގެ އަހަރުތަކުގައި ޝިލްޕާ ފެނުން އިރާއި، މިހާރާއި އެއްވެސް ތަފާތެއް ނެތެވެ. ހަމަ އެހަށިގަނޑެވެ. މޫނު މަތިންވެސް އެއްވެސް ތަފާތެއް ނުފެނެއެވެ. 2012 ވަނަ އަހަރު ޝިލްޕާ އަށް ވަނީ ދަރިއަކު ވެސް ލިބިފައެވެ. އޭގެ ފަހުން ވެސް ޝިލްޕާ ފެނިގެން ދިޔައީ ހަމަ އެ ލޫޅާފަތި ހަށިގަނޑުގައެވެ.

ޝިލްޕާ އާއި އެކީ އޭރު މަސައްކަތްކުރި ގިނަ އެކްޓަރުން މިހާރު ވަނީ ނުރަ ޖަހައި މުސްކުޅިވާ އަތަށް އަޅާފައެވެ. ދާދި ފަހުން ޝޯވ އެއްގައި ޝިލްޕާ އަމިއްލައަށް އެކަން ވަނީ ފާހަގަވެސް ކޮށްފައެވެ. އަދި އަމިއްލަ "ފިގަރ" ގެއްލިދާނެތީ ވަރަށް ބިރުގަންނަ ކަމަށާއި، ހަށިގަނޑަށް ވަރަށް ބަލާ ކަމުގައިވެސް ޝިލްޕާ ވަނީ ބުނެފައެވެ. އަދި މިއީ ވަރަށް މަސައްކަތުން ދެމެހެއްޓޭ ހަށިގަނޑެއް ކަމުގައިވެސް ޝިލްޕާ ވަނީ ފަހަގަކޮށްފައެވެ.

ޝިލްޕާ ޝެޓީ އެންމެ ފުރަތަމަ ކުޅުވީ 1993 ވަނަ އަހަރު ނިކުތް ބާޒީގަރް ފިލްމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް