ޗައިނާގެ ރެސްޓޯރެންޓެއްގައި ކުޑަ ކުއްޖަކު ރޯތީ އުނދަގޫވެގެން ހޫނު ސޫޕްތައްޓެއް ޖަހައިފި

ޗައިނާގެ ރެސްޓޯރެންޓެއްގެ ތެރޭގައި ކުޑަކުއްޖަކު ރޯތީ އުނދަގޫވެގެން ބޯން އިން ސޫޕްތަށި ޖަހައިފިއެވެ. ޗައިނާގެ ހެނަން ސިޓީގައި ހުރި މި ރެސްޓޯރެންޓްގައި މި ހާދިސާ ހިނގާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވ...

15 Jun 2019 | 06:09

ޗައިނާގެ ރެސްޓޯރެންޓެއްގެ ތެރޭގައި ކުޑަކުއްޖަކު ރޯތީ އުނދަގޫވެގެން ބޯން އިން ސޫޕްތަށި ޖަހައިފިއެވެ.

ޗައިނާގެ ހެނަން ސިޓީގައި ހުރި މި ރެސްޓޯރެންޓްގައި މި ހާދިސާ ހިނގާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި އަންހެން މީހާ އަކީ ބަނޑުބޮޑު މީހެކެވެ. ރެސްޓޯރެންޓަށް އައުމުގެ ކުރިން މި މީހާ އައީ ފިރިމީހާ އާއި ޒުވާބުކޮށްފައެވެ. އެ މީހާ އާއި ފުލުހުން ސުވާލުކުރުމުން ބުނީ، އެތަނަށް ވަނީއްސުރެ އެކުއްޖާ ރޯތީ އުނދަގޫވެގެން ސޫޕުތަށި ޖެހީ ކަމުގައެވެ.

11 މަހުގެ ކުޑަ ކުއްޖާގެ ހަށިގަނޑުގެ ބައެއް ތަންތަން ވަނީ ހޫނު ސޫޕުގެ ސަބަބުން ފިހިފައެވެ. އެވަގުތު އެ ކުއްޖާއަށް ޝޮކެއް ލިބި، ކުއްޖާ އެއްކޮށް ހުއްޓުނު ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ތަނުގައި އެވަގުތު ތިބި މީހުންގެ އެހީތެރި ކަމާއި އެކީ ވަގުތުން ތުއްތު ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައި ވާކަމަށް ވެސް ރޮޕޯޓުތައް ބުނެއެވެ.

މި އަމަލުގެ ސަބަބުން 28 އަހަރުގެ މި އަންހެން މީހާ ވަނީ 15 ދުވަހަށް ގޭ ބަންދުކޮށްފައެވެ. އަދި 99 ޑޮލަރުން ވަނީ ޖޫރިމަނާވެސް ކޮށްފައެވެ. ފުލުހުން ބުނިގޮތުގައި އަންހެން މީހާ ހައްޔަރު ނުކުރީ، އެމީހާ އަކީ ބަނޑުބޮޑު މީހެއް ކަމަށް ވާތީއެވެ.

އެ އަމަލުގެ ސަބަބުން އަންހެން މީހާ ފަހުން ދެރަވެ، ވަނީ ކުޑަކުއްޖާގެ މައިންބަފައިންގެ ކިބައިން މައާފަށް ވެސް އެދިފައެވެ. އަދި ތުއްތު ކުއްޖާގެ ބޭސްފަރުވާއަށް ދިޔަ ހުރިހާ ޚަރަދެއް ވެސް ބެލެހެއްޓި އަންހެން މީހާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް