މިރޭ ބާއްވަން އުޅުނު، އެމްޓީސީސީގެ އަހަރީ ޖަލްސާ ފަސްކޮށްފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ފަސްކޮށްފިއެވެ. އެ ޖަލްސާ ބޭއްވުމަށް ކަނޑައަޅާފައި އޮތީ މިރެއަށެވެ. އެ ކުންފުނިން ބުނެފައިވ...

15 Jun 2019 | 05:27

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ފަސްކޮށްފިއެވެ. އެ ޖަލްސާ ބޭއްވުމަށް ކަނޑައަޅާފައި އޮތީ މިރެއަށެވެ.

އެ ކުންފުނިން ބުނެފައިވާގޮތުގައި މި ޖަލްސާ ފަސްކުރަން ނިންމީ، ޖަލްސާއަށް ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާން ޕްރޮކްސީ ފޯމު ހުށަހެޅުމުގައި ސުވާލު އުފެދޭފަދަ ކަމެއް ހިނގާފައިވާކަމުގެ ޝަކުވާ، ޑިރެކްޓަރު ކަމަށް ނޮމިނޭޓް ވެފައިވާ ބައެއް ފަރާތްތަކުން ހުށަހެޅުމުން ކަމަށެވެ. ފަސްކުރީ އެކަން ބަލަން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމުމުން ކަމުގައި ބުނެފައިވެއެވެ.

ޖަލްސާ ފަހުން ބާއްވާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށް ބުނެފައިވާއިރު ބާއްވަން ތައްޔާރުވަމުން އަންނަ އަހަރީ އާއްމު ޖަލްސާގައި، މިދިޔަ އަހަރުގެ ފައިދާ ނުބަހަން ވަނީ ނިންމާފައެވެ.

އެމްޓީސީސީއަކީ ހިއްސާގެ ބާޒާރުގައި އިންވެސްޓްކޮށްފައިވާ އެންމެ ޒަމާންވީ އެއް ކުންފުންޏެވެ. އެންމެ ފަހުން އެ ކުންފުނީގެ ފައިދާ ބަހާފައިވަނީ 2017 ވަނަ އަހަރުގައެވެ.

ނިމިދިޔަ އަހަރު އެ ކުންފުންޏަށް ވަނީ ބޮޑު ގެއްލުމެއް ލިބިފައެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރަށް އެކަނި ބަލާލުމުންވެސް އެކަން ސާފުވެގެންދެއެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވަނީ 2.9 މިލިޔަން ރުފިޔާއެވެ. ނަމަވެސް 2017 ގެ ފަހު ކުއާޓަރުގައި ފައިދާގެ ގޮތުގައި 97 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް