ވިލިމާލޭގައި 20 މީހަކަށް މާރުކޭޓުން ގޮޅި ދޫކޮށްފި

ވިލިމާލޭގައި ގާއިމްކޮށްފައިވާ ވަގުތީ މާރުކޭޓުން ގުރު ނަގައިގެން 20 މީހަކަށް އިއްޔެ ގޮޅި ދޫކޮށްފިއެވެ. ގުރު ނަގާފައި ވަނީ މާރުކޭޓުގެ ގޮޅިއަށް ހުށަހެޅީ 54 މީހުންގެ ތެރެއިންނެވެ. ގޮޅި ތަރުތީބުން ވިހި ނަނ...

15 May 2019 | 08:59

ވިލިމާލޭގައި ގާއިމްކޮށްފައިވާ ވަގުތީ މާރުކޭޓުން ގުރު ނަގައިގެން 20 މީހަކަށް އިއްޔެ ގޮޅި ދޫކޮށްފިއެވެ.

ގުރު ނަގާފައި ވަނީ މާރުކޭޓުގެ ގޮޅިއަށް ހުށަހެޅީ 54 މީހުންގެ ތެރެއިންނެވެ. ގޮޅި ތަރުތީބުން ވިހި ނަން ނެގުމަށް ފަހު ދިހަ ނަމްބަރު ވަނީ ރިޒާވްގެ ގޮތުގައި ނަގައިފައެވެ.

މި މާރުކޭޓުގެ ބޮޑުމިނުގައި 26 ފޫޓު 100 ފޫޓު ހުރެއެވެ. އަދި ގޮޅިއެއްގެ ބޮޑު މިނުގައި 8 ފޫޓު 10 ފޫޓު ހުރެއެވެ.

މި މާރުކޭޓުގެ ގޮޅިތައް ދޫކޮށްފައި ވަނީ ހަމައެކަނި ވިލިމާލެ ރަށްވެހިންނަށެވެ. މީގެ ސަބަބުން ވިލިމާލޭގައި ދިރުއުޅޭ ރައްޔިތުންނަށް ތާޒާ މޭވާ އާއި ތަރުކާރީ ލިބުމަށް ފަސޭހަ ތަކެއް ވެގެން ދާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް