މިއަދު ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގައި މި ގެނެސްދެނީ ހަނދުވަރީ ހިނގުމުގައި ހުންނަ މިނީމޯ ކެފޭ އެވެ. މި ރެސްޓޯރެންޓްގެ ރޯދަ މެނޫގައި ވެސް ވަރަށް ހާއްސަ ބާވަތްތަކެއް އެކުލެވިގެން ވެއެވެ.
މިނީމޯ ކެފޭގެ ރޯދަ މެނޫ އަށް ބަލައިލާއިރު، ކޮންމެ ދުވަހަކުވެސް ތަފާތު އެކި ބާވަތްތައް އެންމެ 199 ރުފިޔާ އަށް ލިބިގެންދާނެއެވެ. ފަސް ބޭފުޅުންގެ ގްރޫޕެއް ނަމަ އެއް ބޭފުޅަކަށް އެއްވެއް ޗާޖެއް ނުކުރާނެއެވެ. މީގެ އިތުރުން ކޮންމެ 3 އަހަރުން ދަށުގެ ކުއްޖަކަށް ހިލޭ ރޯދަ ވިއްލުން ލިބެއެވެ. އެއް ދުވަސް ކުރިން ރޯދަ ވީއްލުމަށް އޯޑަރު ކުރަން ޖެހޭއިރު މިނީމޯ ކެފޭގެ އެންމެ ހާއްސަ ކަމަކީ ކޮންމެ ކެޓަގަރީއަކުން ބައިވަރު ކެއުންތަކުގެ އޮޕްޝަންތައް ހިމަނާފައިވުމާއި ކޮންމެ ކެޓަގަރީއަކުން ބޭނުން ތިން އޮޕްޝަނެއް ހިޔާރު ކުރެވޭކަމެވެ.
މިނީމޯ ކެފޭއަށް އޯޑަރު ދެއްވުމަށް ގުޅުއްވާނެ ނަމްބަރު ތަކަކީ 7733439 އަދި 7550028 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް