މާދަމާ އަކީ މިއަހަރުގެ މުލަ ރޯދަ ދުވަސް

އިސްލާމީ ބައެއް ގައުމުތަކަށާއި ރާއްޖެއަށް މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނިފައިވާތީ މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ. އިސްލާމިކް މި...

15 May 2018 | 16:36

އިސްލާމީ ބައެއް ގައުމުތަކަށާއި ރާއްޖެއަށް މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނިފައިވާތީ މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ރަމަޟާން މަހުގެ ހަނދާ ބެހޭ ގަރާރުގައި ބުނެފައިވާ ގޮތުން، މާދަމާއަކީ މި އަހަރުގެ މުލަ ރޯދަ ދުވަސް ކަމަށް ހަމަޖެއްސީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މިއަދުގެ އިރު އޮއްސުމަށް ފަހުގައި ހަނދު ފެންމަތީގައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާތީ އާއި، އިސްލާމީ ބައެއް ގައުމުތަކަށް މިރޭ ހަނދު ސާބިތުވެފައި ވާތީ އެވެ.

އިސްލާމިކް މިނިސްޓްރީން މިއަހަރަށް ތައްޔާރުކޮށްފައިވާ ކަލަންޑަރުގައިވެސް މާދާމައަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ވަނީ ކަނޑައަޅާފަ އެވެ.

ރާއްޖެއާއި އިސްލާމީ ބައެއް ގައުމުތަކަށް މާދަމާ އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ވިޔަސް ރިޕޯތުތައް ބުނާގޮތުގައި ސައިދޫ އަރަބިއްޔާއަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަހެވެ.

ބަރަކާތްތެރި ރަމަޟާން މަހުގެ މަރުހަބާއާއި ތަހުނިޔާ ދިވެހި ހުރިހާ ރައްޔިތުންނަށް ދުވަސް ޓީމުގެ ފަރާތުން އަރިސް ކުރަމެވެ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް