ގއ. ކޮލަމާފުށީ ކައުންސިލް އިދާރާގެ ތިޖޫރީ އާއި މިސްކިތު ފަނޑު ފޮށި ފަޅާލައި އޭގައި ހުރި ފައިސާތައް ވަގަށް ނެގި މައްސަލައިގަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގަ ކޯޓު އަމުރެއްގެ ދަށުން 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާ ހައްޔަރު ރޭގެ ވަގުތެއްގައި ކުރީ އެ ރަށުންނެވެ. އެމީހާ އާއި ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފަންޑު ފޮށީގައި ހުރި ފައިސާގެ އަދަދު ނޭނގޭއިރު ތިޖޫރީގައި އެ އޮފީހުގެ މުވައްޒަފުންގެ ރޯދަ އިނާޔަތުގެ ފައިސާގެ ގޮތުގައި 122،000 ރުފިޔާ އާއި އާއި އިތުރު ފައިސާ ހުންނާނެ ކަމަށް ކޮލަމާފުށީ ކައުންސިލް މެންބަރަކު ވިދާޅުވި އެވެ. ތިޖޫރީގައި ގާތްގަނޑަކަށް ދެ ލައްކައެއްހާ ރުފިޔާ ހުންނާނެ ކަމަށްވެ އެވެ.
ވަގުން އޮފީހަށް ވަދެފައިވަނީ ކުޑަ ދޮރެއް ހަލާކުކޮށްލައިގެން ނެވެ. އަދި ކުޑަ ދޮރުގައި ޖަހާފައިވާ ދަނގަޑު ތޭރިތައް ވަނީ ކީހާލާފައި އެވެ.
ވަގުން ވަދެފައިވާކަން އެނގުނީ އިއްޔެ ހެނދުނު އޮފީސް ހުޅުވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް